ދީނީ ސުވާލެއް އޮތީތަ؟
މުނިފޫހިފިލުވުން
ބޭޗޭން މެރާ ޔޭ ދިލް ހޭ – ދިމާނަ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

މިއީ 2002 ވަނަ އަހަރުގެ ހިންދީ ފިލްމު “ޔޭ މުހައްބަތު ހޭ” ފިލްމުގެ އެންމެ މަޝްހޫރުވި ލަވައެވެ. އަލަށް ލޯބިވެގެން އުޅޭ ދެމީހެއްގެ ހިތުގައި އުފެދޭނެ އެންމެ ފުން އިހުސާސްތައް ކިޔައިދޭ މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްދިނީ އާނަންދު ރާޖް އާނަންދު އެވެ. ދޭވް ކޯލީގެ ފުރިހަމަ ޅެންވެރިކަމެއް މި ލަވައިން ފެނިގެންދެއެވެ.

އުމޭޝް މެހެރާ ޑައިރެކްޓްކޮށްފައިވާ “ޔޭ މުހައްބަތު ހޭ” ގެ ވާހަކަ ބިނާވެފައިވަނީ ޗާންދު ނަމަކަށް ކިޔާ ޒުވާނަކާއި އޭނާގެ ރައްޓެހިންގެ މައްޗަށެވެ. ޗާންދަކީ ވަރަށް ހުނަރުވެރި ކްރިކެޓް ކުޅުންތެރިއެކެވެ. ނަމަވެސް، އޭނާއަށް ނޭނގި އޮޅުމެއްގެ ތެރެއިން ނުރައްކާތެރި ގޭންގުތަކަކާއި ޓެރަރިސްޓް ހަރަކާތްތަކެއްގެ ތެރެއަށް އޭނާ ވަދެވެއެވެ. މީގެ ސަބަބުން އޭނާގެ ލޯބިވެރިޔާ ޝްވެތާ އާއި އޭނާގެ އާއިލާއާ ދެމެދުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެންދެއެވެ. ފިލްމުގައި ދައްކުވައިދެނީ މި ދަތި ހާލަތުން ސަލާމަތްވެ، އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަށް ކުރާ މަސައްކަތެވެ.

އަށްޑިހައިގެ ފަހުކޮޅުން ފެށިގެން ޑުއެޓް ލަވަތައް ކިޔުމަށް އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އެއް ޖޯޑު ކަމަށްވާ އުދިތު ނާރަޔަން އާއި އަލްކާ ޔަގްނިކްގެ އަޑުން އިވިގެންދިޔަ މި މަޝްހޫރު ލޯބީގެ ލަވައިގެ ވީޑިއޯއިން ފެނިގެންދަނީ ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ ރާހުލް ބަޓް އާއި އަކަންކްޝާ މަލޯޓްރާއެވެ.

ހިންދީ ލަވަ އާއި ދިވެހި މާނަ

ބޭޗޭން މެރާ ޔޭ ދިލް ހޭ، މެރެ ޗޭން ކަ ޔޭ ޤާތިލް ހޭ

މިވެސް ކިޔާލަން:  މޮހައްބަތު ސެ ޒިޔާދާ - ދިމާނަ

މަގޭ މި ހިތްވަނީ ނުތަނަވަސްކަމެއްގައެވެ. މިއީ މަގޭ ހިތުގެ ހަމަޖެހުން ނަގާލި ޤާތިލެކެވެ.

ޔޭ ކެއިސި އަޖަބް ހަލްޗަލް ހޭ، ހޭ ޔޭ ކިޔާ؟

މިއީ ކޮންފަދަ އަޖައިބެއްފަދަ ހަލަބޮލިކަމެއް ހެއްޔެވެ؟ މިއީ ކޮން ކަމެއް ހެއްޔެވެ؟

މުހައްބަތު ހޭ، މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ

މިއީ ލޯތްބެވެ. މިއީ ހަމަ ލޯތްބެވެ.

މުހައްބަތު ހޭ، މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ

މިއީ ލޯތްބެވެ. މިއީ ހަމަ ލޯތްބެވެ.

ބޭޗޭން މެރާ ޔޭ ދިލް ހޭ، މެރެ ޗޭން ކަ ޔޭ ޤާތިލް ހޭ

މަގޭ މި ހިތްވަނީ ނުތަނަވަސްކަމެއްގައެވެ. މިއީ މަގޭ ހިތުގެ ހަމަޖެހުން ނަގާލި ޤާތިލެކެވެ.

ޔޭ ކެއިސި އަޖަބް ހަލްޗަލް ހޭ، ހޭ ޔޭ ކިޔާ؟

މިއީ ކޮންފަދަ އަޖައިބެއްފަދަ ހަލަބޮލިކަމެއް ހެއްޔެވެ؟ މިއީ ކޮން ކަމެއް ހެއްޔެވެ؟

*****

ހަމޭ ޕިޔާރް ހުއާ ހޭ ތުމްސޭ، ތުމްހޭ ޕިޔާރް ހުއާ ހޭ ހަމްސޭ

އަހަރެންގެ ހިތުގައި ތިބާއަށްޓަކައި ލޯބި އުފެދިއްޖެއެވެ. އަދި ތިބާގެ ހިތުގައި އަހަންނަށްޓަކައި ލޯބި އުފެދިއްޖެއެވެ.

ހަމޭ ޕިޔާރް ހުއާ ހޭ ތުމްސޭ، ތުމްހޭ ޕިޔާރް ހުއާ ހޭ ހަމްސޭ

އަހަރެންގެ ހިތުގައި ތިބާއަށްޓަކައި ލޯބި އުފެދިއްޖެއެވެ. އަދި ތިބާގެ ހިތުގައި އަހަންނަށްޓަކައި ލޯބި އުފެދިއްޖެއެވެ.

މެރެ ދިލް ކީ ތޭޒް ހޭ ދަޅްކަން، އޯރް ހޯޝް ބޯ ހޭ ކުޗް ގުމް ސޭ

މިވެސް ކިޔާލަން:  "އެޓޭކް" ޓްރެއިލަރއަށް ބޮޑު ތަރުހީބެއް

އަހަރެންގެ ހިތުގެ ވިންދު ވަނީ އަވަސްވެފައެވެ. އަދި ހޭބުއްދިވެސް ވަނީ ކޮންމެވެސް ވަރަކަށް އޮޅުންބޮޅުންވެފައެވެ.

އޭ މީތު މެރޭ އިސް މަން ކޭ، ދީވާނޭ ހުއޭ ތެރެ ބަންކޭ، ހޭ ޔޭ ކިޔާ؟

އޭ މަގޭ ހިތުގެ ބައިވެރިޔާއެވެ! ތިބާގެ އިޝްގުގައި އަހަރެން މިވަނީ ދީވާނާވެފައެވެ. މިއީ ކޮން ކަމެއް ހެއްޔެވެ؟

މުހައްބަތު ހޭ، މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ

މިއީ ލޯތްބެވެ. މިއީ ހަމަ ލޯތްބެވެ.

ބޭޗޭން މެރާ ޔޭ ދިލް ހޭ، މެރެ ޗޭން ކަ ޔޭ ޤާތިލް ހޭ

މަގޭ މި ހިތްވަނީ ނުތަނަވަސްކަމެއްގައެވެ. މިއީ މަގޭ ހިތުގެ ހަމަޖެހުން ނަގާލި ޤާތިލެކެވެ.

ޔޭ ކެއިސި އަޖަބް ހަލްޗަލް ހޭ، ހޭ ޔޭ ކިޔާ؟

މިއީ ކޮންފަދަ އަޖައިބެއްފަދަ ހަލަބޮލިކަމެއް ހެއްޔެވެ؟ މިއީ ކޮން ކަމެއް ހެއްޔެވެ؟

މުހައްބަތު ހޭ، މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ

މިއީ ލޯތްބެވެ. މިއީ ހަމަ ލޯތްބެވެ.

*****

ޖާގީ ހޭ ކަޔީ އުންމީދޭން، ހޯ މެރި އުޅް ގަޔީ ރާތު ކީ ނީންދޭން

އުންމީދުތަކެއް ހިތުގައި އާވެއްޖެއެވެ. އަދި ރޭގަނޑުގެ ނިދި މަގޭ ލޮލުން ފިލައިގޮސްފިއެވެ.

ޖާގީ ހޭ ކަޔީ އުންމީދޭން، މެރި އުޅް ގަޔީ ރާތު ކީ ނީންދޭން

އުންމީދުތަކެއް ހިތުގައި އާވެއްޖެއެވެ. އަދި ރޭގަނޑުގެ ނިދި މަގޭ ލޮލުން ފިލައިގޮސްފިއެވެ.

އަބް ޕަލް ޕަލް ތިލް ތިލް ސޯޗޭ، ހަމް ކެއިސޭ ތުޖް ތަކް ޕަހުންޗޭ

މިވެސް ކިޔާލަން:  "ނިވައިރޯޅި" ގެ ފަރުދާކަހާލައި ޕޯސްޓަރާއި ލަވައެއް އަދި ޓްރެއިލަރ ދައްކާލައިފި

މިހާރު ކޮންމެ ވަގުތަކު، ކޮންމެ ސިކުންތަކު މި ވިސްނެނީ، ތިބާއާ ހަމައަށް ވާސިލުވާނީ ކިހިނެއްތޯއެވެ؟

ތެރި ރާހް ތަކްތޭ ހޭ ނެއިނާ، އެކް ޕަލް ނަހީން މުޖްކޯ ޗެއިނާ، ހޭ ޔޭ ކިޔާ؟

މަގޭ ދެލޯ މިވަނީ ތިބާގެ އިންތިޒާރުގައެވެ. އެންމެ ހިނދުކޮޅަކަށްވެސް ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. މިއީ ކޮން ކަމެއް ހެއްޔެވެ؟

މުހައްބަތު ހޭ، މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ

މިއީ ލޯތްބެވެ. މިއީ ހަމަ ލޯތްބެވެ.

ހާނ ބޭޗޭން މެރާ ޔޭ ދިލް ހޭ، މެރެ ޗޭން ކަ ޔޭ ޤާތިލް ހޭ

އާނއެކެވެ! މަގޭ މި ހިތްވަނީ ނުތަނަވަސްކަމެއްގައެވެ. މިއީ މަގޭ ހިތުގެ ހަމަޖެހުން ނަގާލި ޤާތިލެކެވެ.

ޔޭ ކެއިސި އަޖަބް ހަލްޗަލް ހޭ، ހޭ ޔޭ ކިޔާ؟

މިއީ ކޮންފަދަ އަޖައިބެއްފަދަ ހަލަބޮލިކަމެއް ހެއްޔެވެ؟ މިއީ ކޮން ކަމެއް ހެއްޔެވެ؟

މުހައްބަތު ހޭ، މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ

މިއީ ލޯތްބެވެ. މިއީ ހަމަ ލޯތްބެވެ.

މުހައްބަތު ހޭ، މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ، ޔޭ މުހައްބަތު ހޭ

މިއީ ލޯތްބެވެ. މިއީ ހަމަ ލޯތްބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top