ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އައި.އޯ.އެސް 27: ވޯލްޕޭޕަރު ފުރިހަމައަށް ފެންނަ ގޮތަށް ގަޑި ކުޑަކޮށްލެވޭ ފީޗާއެއް

އައި.އޯ.އެސް 26 ގައި އެޕަލްއިން ވަނީ އައިފޯނުގެ ލޮކް ސްކްރީންގައި ހުންނަ ގަޑި ބޭނުންވަރަކަށް ބޮޑުކޮށްލުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް، އައި.އޯ.އެސް 27 ގައި މީގެ އިދިކޮޅަށް އައު ފީޗާއެއް ވަނީ ތަޢާރަފުކޮށްފައެވެ. އެއީ ގަޑި ކުޑަކޮށްލެވޭ “ކޮމްޕެކްޓް މޯޑް” އެވެ. މި މޯޑްގައި ގަޑި ކުޑަވެގެންދަނީ ތާރީޚު ފެންނަން ހުންނަ ސައިޒަށެވެ. އަދި ގަޑި ހުންނާނީ ސްކްރީންގެ އެންމެ މަތީ ބަރީގައެވެ.

މީގެ ސަބަބުން، ގަޑިއާއި ތާރީޚު ފެންނަން ހުންނަ އިރުވެސް، ލޮކް ސްކްރީނަށް ލާފައިވާ ވޯލްޕޭޕަރު ވަރަށް ފުރިހަމައަށް ފެންނާނެއެވެ. މިއީ ވޯލްޕޭޕަރަށް ލާފައިވާ ފޮޓޯއަށް އެއްވެސް ހުރަހެއް ނެތި ފުރިހަމައަށް ބަލާލުމަށް އައި.އޯ.އެސް އިން ލިބިގެންދާ ފުރަތަމަ ފުރުޞަތެވެ.

ގަޑި ކޮމްޕެކްޓް މޯޑަށް ބަދަލުކުރާނެ ގޮތް:

  • ލޮކް ސްކްރީނަށް ފިއްތާލައިގެން އިރުކޮޅަކު ހިފަހައްޓާލުމަށްފަހު “ކަސްޓަމައިޒް” އަށް ފިއްތާލާ.
  • ގަޑި އިންނަ ތަނަށް ފިއްތާލުމުން “ފޮންޓް އެންޑް ކަލަރ” ޕެނަލް ހުޅުވޭނެއެވެ.
  • އެ ޕެނަލްގެ މަތީ ކަނާތް ފަރާތުގައިވާ ދެ ރޮނގުލީ އައިކަންއަށް ފިއްތާލުމުން ގަޑި ކޮމްޕެކްޓް މޯޑަށް ބަދަލުވާނެއެވެ.
  • ބަދަލުތަކާމެދު ހިތްހަމަޖެހޭނަމަ، ވޯލްޕޭޕަރުގެ ކޮންމެވެސް އެހެން ތަނަކަށް ފިއްތާލުމަށްފަހު ސްކްރީންގެ މަތީ ކަނާތް ފަރާތުގައިވާ “ޑަން” އަށް ފިއްތާލާށެވެ.

ބަދަލުތައް ސޭވް ކުރުމުގެ ކުރިންވެސް، ގަޑި ކުޑަވެ ތާރީޚާ ޖެހިގެން މައްޗަށް ޖެހޭތަން ފެންނާނެއެވެ. މީގެ ސަބަބުން ވޯލްޕޭޕަރާއެކު ގަޑި ހުންނަ ގޮތް ކުރިން ބަލާލެވޭނެއެވެ. އަލުން ކުރީގެ ގޮތަށް ބަދަލުކުރަން ބޭނުންނަމަ، ހަމަ އެ އައިކަންއަށް ފިއްތާލުމުން ގަޑި ކުރީގެ ސައިޒަށް ބަދަލުވާނެއެވެ.

މިވެސް ކިޔާލަން:  ނަފްސާނީ ބަލިތަކުގެ އަލާމާތްތަކަށް ކެތްތެރިވުމާއި އޭގެ މާނަ ދެނެގަންނަން ދަސްކުރުން

އިތުރު މަޢުލޫމާތު:

ކޮމްޕެކްޓް މޯޑްގައިވެސް ގަޑީގެ ފޮންޓާއި، ފަލަމިނާއި، ކުލަ ބޭނުންގޮތަކަށް ބަދަލުކުރެވޭނެއެވެ. ނަމަވެސް “ލިކުއިޑް ގްލާސް” ސްލައިޑަރު މި މޯޑްގައި ބޭނުމެއް ނުކުރެވޭނެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، މިއީ ހުރިހާ ލޮކް ސްކްރީނަކަށް އެއްފަހަރާ އަންނަ ބަދަލެއް ނޫން ކަމެވެ. ކޮންމެ ވޯލްޕޭޕަރަކަށް ވަކިން މި ސެޓިންގް ހެދިދާނެއެވެ. މިސާލަކަށް، ވަކި “ފޯކަސް” މޯޑެއްގައި ކޮމްޕެކްޓް ގަޑި ބަހައްޓާފައި، އެހެން ވޯލްޕޭޕަރެއްގައި ބޮޑު ގަޑި ބެހެއްޓިދާނެއެވެ. އައި.އޯ.އެސް 27 މިހާރު ޕަބްލިކް ބީޓާގައި ލިބެން ހުރިއިރު، އާންމުކޮށް އެންމެނަށް މި ފީޗާ ލިބޭނީ އަންނަ ސެޕްޓެމްބަރު މަހުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top