ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ކެއިސާ ޔޭ އިޝްޤް” ފަށަނީ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ޕާކިސްތާނުގެ މަޝްހޫރު ޓީވީ ޗެނަލް، ޖިއޯ އެންޓަޓެއިންމަންޓުން އާ ޑްރާމާ ސިލްސިލާއެއް ކަމަށްވާ “ކެއިސާ ޔޭ އިޝްޤް” ދައްކަން ތައްޔާރުވެއްޖެއެވެ. މި ސިލްސިލާ ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޯގަސްޓް މަހުގެ 12 ވަނަ ދުވަހުއެވެ.

“ކެއިސާ ޔޭ އިޝްޤް” ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ހުނަރުވެރި ދެ ތަރިން ކަމަށްވާ ޒޯހާ ތައުޤީރް އަދި ހަޝާމް ޚާން އެވެ. މީގެ އިތުރުން މި ސިލްސިލާގެ މުހިންމު ބައިތަކުން އުސްމާން ޕީރްޒާދާ، ސާއިމާ ޙުސައިން، ސަލްމާ ޙަސަން، ޝަހޫދު އަލަވީ، ނޫރުއްސަހަރު، ޙުސައިން ރާޖްޕޫތު، ހަމްޒާ މަޖީދު އަދި އުޝްނާ ޝެއިޚް ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ.

މި ސިލްސިލާގެ ވާހަކަ ބިނާވެފައިވަނީ ވަރަށް ފުން ލޯބީގެ މައްޗަށެވެ. އެކުގައި އުޅުމަށް ހުވަފެން ދެކެމުން އައި ދެ ލޯބިވެރިންގެ ދިރިއުޅުމަށް ދިމާވާ ހީނުކުރާ ފަދަ ހާދިސާތަކާއި، އެހެން މީހަކު ނިންމާ ނިންމުމެއްގެ ސަބަބުން އެ ދެމީހުންގެ ދިރިއުޅުން ވަކިވެގެންދާ ގޮތް މި ޑްރާމާއިން ފެނިގެންދާނެއެވެ. މިއީ ލޯތްބާއި، ތަޤުދީރު އަދި ޤުރުބާނީގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އަސަރުގަދަ ޑްރާމާއެކެވެ.

މި ސިލްސިލާގެ ޑައިރެކްޓަރަކީ އަބްދުލް އަހަދު އެވެ. ވާހަކަ ލިޔެފައިވަނީ ނާއިލާ އަންސާރީ އެވެ. އަދި މި ސިލްސިލާ ޕްރޮޑިއުސްކޮށްފައިވަނީ އަރުސްލާން ޒީޝާން އަދި ބަދަރު މަހްމޫދު އެވެ.

މި ޑްރާމާ ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއަކު ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް، ރާއްޖެ ގަޑިން ރޭގަނޑު 9:00 ގައެވެ. މީގެ އިތުރުން ޖިއޯ އެންޓަޓެއިންމެންޓްގެ ރަސްމީ ޔޫޓިއުބް ޗެނަލް ހަރްޕަލްޖިއޯ އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ދައްކާނެއެވެ.

މިވެސް ކިޔާލަން:  "ގޮށްރާޅު"ގެ ގާތިލުންނަށް މީރާ އާއި ސޮއްޕެ!
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top