ދިވެހި ފިލްމީ ދާއިރާގައި އެންމެ ފުރަތަމަ ފަހަރަށް ވެބްސީރީޒް އެއް ރިލީޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކާމިޔާބު ޕްރޮޑިއުސަރ/ޑައިރެކްޓަރ އަދި ލިޔުންތެރިޔާ ފާތުމަތު ނަހުލާގެ ”ހުވާ“ ގެ ޝޫޓިން ނިމެނީކަމަށް އޭނާ ބުނެފި އެވެ.
ނަހޫގެ އަމިއްލަ ސްކްރިޕްޓަކަށް ތައްޔާރުކުރަމުން އަންނަ ”ހުވާ“ ވެބްސީރީޒްގައި 70 އަށް ވުރެން ގިނަ އެޕިސޯޑް ހިމެނެއެވެ. ސީރީޒްގެ ބޮޑުބައި މާލޭގައި ޝޫޓް ކޮށްފައި ވިޔަސް މި ސީރީޒްގެ ބައެއް މަންޒަރުތައް މާލެ އަތޮޅު ގުރައިދޫ ގައިވެސް ވަނީ ނަގާފައެވެ.
މުނިއަވަސް އަށް މަޢުލޫމާތު ދެމުން މިއަދު ނަހޫ ބުނީ ޝޫޓިންގެ މަސައްކަތް މިހާރު ނިމެނީ ކަމަށެވެ.
”ވިއްސާރަކަމުން އައުޓްޑޯ ކޮޅެއް ނުނިނިމިފަ. އޮލްމޮސްޓް ޑަން.“ ނަހޫ ބުންޏެވެ.
ނަހޫ ބުނީ ޝޫޓިން ދެ ދުވަހެއްގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށާއި ދެން އިންނާނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކަމަށެވެ. ނަހޫ އިތުރަށް ބުނީ މިއީ ވަރަށް ބައިވަރު ކާސްޓުންނާއިއެކު އުފައްދާ 70 އަށް ވުރެވެސް ގިނަ އެޕިސޯޑް ހިމެނޭ ސީރީޒްއެއް ކަމަށެވެ.
ހުރިހާ ތަރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ޕްރޮޑިއުސަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުންވެސް ނަހޫ ފާހަގަ ކުރެއެވެ.
”ހުވާ‘ ގެ ކާސްޓަށް ބަލާލާއިރު އައިމިނަތު ރިޝްފާ އާއި މިވަގުތު އެންމެ މަޤްބޫލު އެއް ބަތަލާގެ ގޮތުގައި ބެލެވޭ މަރިޔަމް އައްޒަ ހިމެނެއެވެ. މީގެ އިތުރުން އިބްރާހީމް ޖިހާދު (ޖިމީ)، ރަވީ ފާރޫޤް، އަލީ އާޒިމް (ދޮންއައްޔަ) އަދި ޝީލާ ނަޖީބް ފަދަ ތަރިން ހިމެނެއެވެ. ޖުމްލަކޮށް މި ވެބް ސީރީޒްގައި 30 ފަންނާނުން ހަރަކާތްތެރިވެއެވެ. އަދި އޭގެތެރޭގައި މިދާއިރާއަށް މުޅިން އަލަށް ތައާރަފުވާނެ މޫނު ތަކެއްވެސް ހިމެނެއެވެ.
މިއީ އިޖްތިމާއީ އެކިއެކި ކަންތައްތަކުގެ މައްޗަށް އަލިއަޅުވައިލައިގެން ތައްޔާރުކުރާ ވަރަށް އިބުރަތްތެރި ވެބްސީރީޒް އެއްކަމަށް މަޢުލޫމާތު ލިބެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




