ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާރުސީސީ އާއި އެމްއައިބީ ސެމީ ފައިނަލަށް ދަތުރުކޮށްފި
ފޮޓޯ: ސެކްޓާ ލީގު - އެފްބީ

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ އާރުސީސީ އާއި އެމްއައިބީ ހޯދައިފި އެވެ. މި މުބާރާތުގެ ކުއާޓާރ ފައިނަލް ހަތަރު މެޗު 10 އޮގަސްޓްގައި ވަނީ ކުޅެފަ އެވެ. ފުރަތަމަ މެޗުގައި އާރުސީސީ އާއި ސިލްވަރ ސޭންޑްސް ބައްދަލުކޮށްފައިވާއިރު ދެވަނަ މެޗުގައި ބައްދަލުކުރީ އެމްއައިބީ އާއި މާކޯ ރެކްރިއޭޝަން އެވެ. އެރޭ ކުޅެވުނު ހަތަރު މެޗުގެ ތެރެއިން ފަހު ދެ މެޗަށް ބަލާލާއިރު:

ކުއާޓާރ ފައިނަލް މެޗު 3

ކުއާޓާރ ފައިނަލްގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ސިލްވަރ ސޭންޑްސް އާއި އާރުސީސީ އެވެ. ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ރައުންޑް އޮފް ސިކްސްޓީންގެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އާރުސީސީގެ ފަރާތުން މި މެޗުގައި ވެސް ފެނުނީ މޮޅު ކުޅުމެކެވެ. ގުރޫޕް ސްޓޭޖްގައި އެންމެ ފަހުގެ ޗެމްޕިއަން ބަލިކުރި ސިލްވަރ ސޭންޑްސްއަކީ އެ ގުރޫޕްގެ އެއްވަނަ ޓީމެވެ. ރައުންޑް އޮފް ސިކްސްޓީންގެ މެޗު ވެސް އެ ޓީމު ކާމިޔާބުކުރީ ފަސޭހަކަމާއިއެކު އެވެ.

ވާދަވެރި ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނުނު މި މެޗުގައި ލަނޑު ޖެހުމަށް އިސްކަންދިން ފަދައިން ޑިފެންސް ކުރުމަށް ވެސް ދެ ޓީމުން ވަނީ ބޮޑު ސަމާލުކަމެއް ދީފަ އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވުނު މި ހާފު ނިމުނީ 0-0 އިން ނެވެ.

މިވެސް ކިޔާލަން:  މޯނީ ރޯއީއާއެކު ސުރޭޝް ކްރިޝްނާގެ އާ ލޯބީގެ ފިލްމެއް އިއުލާންކޮށްފި

ދެވަނަ ހާފުގައި ލަނޑު ޖެހުމަށް ދެ ޓީމުން ކުރަމުން އައި މަސައްކަތް އިތުރުކުރި އެވެ. ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މި ހާފު ވެސް ފެނުނީ ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުހިފުނު ހާފެއްގެ ގޮތުގައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ޖެހިފައި ނުވާތީ މި މެޗުގެ ނަތިޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެން ނެވެ. ޕެނަލްޓީ ޝޫޓްއައުޓް އާރުސީސީން ކާމިޔާބުކުރީ 5-4 އިން ނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އާރުސީސީން އެ ޓީމުގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރިއިރު، ސިލްވަރ ސޭންޑްސްގެ ފަހު ޕެނަލްޓީ އާރުސީސީގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

5-4 އިން އާރުސީސީ މޮޅުވެ ސެމީ ފައިނަލްގެ ތިންވަނަ ޖާގަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ގޯލްކީޕަރު ސައިލް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ސައިލް / ފޮޓޯ: ސެކްޓާ ލީގު – އެފްބީ

ކުއާޓާރ ފައިނަލް މެޗު 4

ކުއާޓާރ ފައިނަލްގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ އެމްއައިބީ އާއި މާކޯ ރެކްރިއޭޝަން އެވެ. މި ދެ ޓީމަކީ ވެސް ގުރޫޕް ސްޓޭޖްގައި ރަނގަޅު ކުޅުމެއް ދައްކައި ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ރައުންޑް އޮފް ސިކްސްޓީންއަށް ދަތުރުކޮށްފައިވާ ދެ ޓީމެވެ. ރައުންޑް އޮފް ސިކްސްޓީންގެ މެޗު އެމްއައިބީ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައިވާއިރު، މާކޯ ރެކްރިއޭޝަން ވެސް އެ މެޗު ކާމިޔާބުކޮށްފައިވަނީ މާބޮޑު އުނދަގުލަކާނުލަ އެވެ.

ވަރުގަދަ ކުރިމަތިލުމެއްގެ ގޮތުގައި ފާހަގަ ކޮށްލެވުނު މި މެޗުގައި ތަފާތު ކުޅުމެއް ދެއްކީ ވަކި ޓީމެކޭ ބުނެވޭވަރަށްވުރެ ބޮޑަށް ފެނުނީ ހަމަހަމަ ކުޅުމެކެވެ. މެޗު ފެށި ގޮތަށް ލީޑު ނެގުމަށް ދެ ޓީމުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔައިރު، ޑިފެންސްކުރުމުގައި ވެސް ދެ ޓީމުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މިވެސް ކިޔާލަން:  އޮލިމްޕަސް ސިނަމާ، އާޓްސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖެހުމަށް ކުރަމުންދިޔަ މަސައްކަތުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް މި ހާފުގައި ވެސް ދެ ޓީމުން ވަނީ ތަނަވަސްކޮށްފަ އެވެ. މި ހާފު ވެސް ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓް އެމްއައިބީ ކާމިޔާބުކުރީ 4-2 އިން ނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އެމްއައިބީން 4 ޕެނަލްޓީ ކާމިޔާބުކުރިއިރު، މާކޯ ރެކްރިއޭޝަންއަށް ކާމިޔާބު ކުރެވުނީ 2 ޕެނަލްޓީ އެވެ. އެ ޓީމުގެ އެއް ޕެނަލްޓީ ދިފާއުކުރިއިރު، އެއް ޕެނަލްޓީ ގޯލާއި އަމާޒު ނުވެ ދިޔައެވެ.

2-4 އިން އެމްއައިބީ މޮޅުވެ ސެމީ ފައިނަލްގެ ފަހު ޖާގަ ޔަގީންކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ރިލްވާން ޝަރީފް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top