ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ނަޓެއްލާ ޑޯނަޓް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް: 20 މިނެޓު
⏱️ ތެލުލުމަށް: 2 މިނެޓު
⏱️ ޖުމްލަ ވަގުތު: 22 މިނެޓު (ފުށްގަނޑު ފުފެން ހޭދަވާ ވަގުތު ނުލައި)
🍽️ ތައްޔާރުކުރެވޭނީ: 25 ޑޯނަޓް

🛒 ބޭނުންވާ ތަކެތި:

ފުށްގަނޑު ތައްޔާރުކުރުމަށް:

3 މޭޒުމަތީ ސަމުސާ އެކްޓިވް ޑްރައި އީސްޓް
1 ތަށި ތާފަނާ ފެން (މާ ހޫނު ނޫން)
1 މޭޒުމަތީ ސަމުސާ ހަކުރު (އީސްޓް މޮޑުމަށް)
2 ސައިސަމުސާ ލޮނު
½ ސައިސަމުސާ ބޭކިންގް ޕައުޑަރު
½ ޖޯޑު ހަކުރު (ފުށްގަނޑަށް އެއްކުރުމަށް)
4 ޖޯޑު ބްރެޑް ފްލާވަރ (ޕާން ފުށް)
¼ ޖޯޑު ބަޓަރު
3 ބިހުގެ ދޮން
½ ސައިސަމުސާ ވެނީލާ އެސެންސް

ތެލުލުމާއި ހަކުރުލުމަށް:

ތެލުލުމަށް ބޭނުންވާ ވަރަށް ތެޔޮ
1 ½ ޖޯޑު ހަކުރު (ޑޯނަޓްގައި ހޭކުމަށް)

އެތެރެއަށް އެޅުމަށް:

ބޭނުންވާ ވަރަށް ނަޓެއްލާ

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ބޮޑު ބޯތަށްޓެއްގައި އީސްޓް، ތާފަނާ ފެން އަދި 1 ސަމުސާ ހަކުރު އެއްކޮށްލުމަށްފަހު 5 އާއި 10 މިނެޓު ވަންދެން ބަހައްޓާށެވެ. ފޮނު އަރައިފިނަމަ އެހުރީ އީސްޓް ރަނގަޅަށެވެ.

2 – ތެއްޔަކަށް ފެން އަޅައިގެން ރަނގަޅަށް ކައްކާށެވެ. މިއީ އަވަން ތެރޭގައި އާވި އުފެއްދުމަށް ބޭނުންކުރާ ފެނެވެ.

3 – މެދު ސައިޒުގެ ބޯތަށްޓެއްގައި ލޮނު، ބޭކިންގް ޕައުޑަރު، ½ ތަށި ހަކުރު އަދި ފުށް އެއްކޮށްލާށެވެ.

4 – އީސްޓްގަނޑު ފޮނު އެރުމުން އޭގެ ތެރެއަށް ބަޓަރު، ބިހުގެ ދޮން އަދި ވެނީލާ އެސެންސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

މިވެސް ކިޔާލަން:  ޕިއްޒާ ފަރާޓާ – މުނިއަވަސް ރަހަފަތް

5 – ފުށް ސާމާނުގެ ދެބައިކުޅަ އެއްބައި އީސްޓް މިކްސްޗަރަށް އަޅައި ސަމުސަލަކުން އެއްކުރާށެވެ.

6 – ބާކީ ހުރި ފުށްތައް އަޅައިގެން ގާތްގަނޑަކަށް 2 މިނެޓު ވަންދެން ފުށްގަނޑު މޮޑޭށެވެ. ފުށްގަނޑު އަތުގައި ނުހިފާ ވަރަށް އޮމާންވާން ޖެހޭނެއެވެ.

7 – ބޯތަށްޓެއްގައި ތެޔޮކޮޅެއް ހޭކުމަށްފަހު ފުށްގަނޑު ގުޅަކޮށްލައިފައި އޭގައި ބާއްވާށެވެ. އަދި ފޮތިގަނޑަކުން ނުވަތަ ޕްލާސްޓިކް ކަވަރަކުން ނިވާކޮށްލާށެވެ.

8 – ފުށްގަނޑު ބޭއްވި ބޯތަށި އަވަންގެ މަތީ ރެކުގައި ބަހައްޓާށެވެ. އަދި ތިރީ ރެކުގައި ތަބަކެއް ބެހެއްޓުމަށްފަހު، އޭގެ ތެރެއަށް ކެއްކި ހޫނު ފެން އަޅާށެވެ. އަވަންގެ ދޮރު ލައްޕާފައި 1 ގަޑިއިރު ވަންދެން ބަހައްޓާށެވެ.

9 – އެއްގަޑިއިރު ފަހުން ފުށްގަނޑު އޮންނާނީ ދެގުނައަށް ފުފިފައެވެ.

10 – ދެ ތަބަކެއްގައި ބޭކިންގް ޕޭޕަރު އަޅައި، އޭގައި ތެޔޮކޮޅެއް ހާކާލާށެވެ.

11 – ފުށްގަނޑު އަލުން މޮޑެލުމަށްފަހު، ފަތުރާލާށެވެ. ފުށްގަނޑުގެ ބޯމިން ހުންނަންވާނީ ގާތްގަނޑަކަށް ބައި އިންޗީގައެވެ.

12 – ޑޯނަޓް ކަޓަރަކުން ނުވަތަ ވަށް އެއްޗަކުން ބޭނުންވާ ސައިޒަށް ޑޯނަޓްތައް ކަނޑާށެވެ.

13 – ތައްޔާރުކުރި ތަބަކުގައި ޑޯނަޓްތައް އަތުރާލުމަށްފަހު، އަލުން ހޫނު ފެން ތަބަކާއެކު އަވަން ތެރޭގައި 45 މިނެޓު ވަންދެން ފުފެން ބަހައްޓާށެވެ.

14 – ތެޔޮގަނޑު ހޫނުކުރަން އުދާށެވެ. ތެލުގެ ހޫނުމިން ހުންނަންވާނީ 360-370 ޑިގްރީ ފަރެންހައިޓްގައެވެ.

15 – ތެޔޮ ހޫނުވުމުން ޑޯނަޓްތައް އަޅައިގެން ދެފުށް ރަން މުށިކުލަ އަރަންދެން ތެލުލާށެވެ. ކޮންމެ ފަރާތެއް 30-45 ސިކުންތު ތެލުލުމުން ފުދޭނެއެވެ.

މިވެސް ކިޔާލަން:  ސެސަމީ ޗިކަން ސްޓަރ-ފްރައި ބޯލް - މުނިއަވަސް ރަަހަފަތް

16 – ތެލުން ނެގުމަށްފަހު، ހޫނުކަން ހުއްޓާ ހަކުރު ތަށީގެ ތެރެއަށް ލައި ހަކުރު ހާކާށެވެ.

17 – ޑޯނަޓްތައް ހިނދިލުމުން، ޑޯނަޓްގެ އަރިމަތިން ލޯވަޅެއް އަޅައި، އެތެރޭގައި ޖާގަ ހަދާށެވެ.

18 – ނަޓެއްލާ ކޮޅަކަށް ލައިގެން ޑޯނަޓްގެ އެތެރެއަށް ނަޓެއްލާ ފުރާލާށެވެ.

19 – މިހާރު މިވަނީ މީރު ނަޓެއްލާ ޑޯނަޓް ތައްޔާރުވެފައެވެ. ހޫނުކޮށް ހުއްޓާ ކާލަން މާ މީރުވާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top