ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕްރޮސިތު ރޯއީގެ އާ ފިލްމުގެ ބަތަލަކަށް ލަކްޝްޔާ
ގޫގަލް

ބޮލީވުޑްގެ އެކްޝަން ފިލްމު “ކިލް” އިން ބޮޑު މަޤުބޫލުކަމެއް ހޯދި އެކްޓަރު ލަކްޝްޔާ، “ރާކް” ގެ ޑައިރެކްޓަރު ޕްރޮސިތު ރޯއީ އާއެކު އާ ފިލްމެއްގައި މަސައްކަތް ކުރުމަށް ތައްޔާރުވަމުންދާކަން ހާމަވެއްޖެއެވެ.

ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ މި ފިލްމަކީ ނަފުސާނީ ގޮތުން ތަފާތު ސިފަތަކެއް އެކުލެވޭ ލޯބީގެ ފިލްމެކެވެ. މިއީ މީގެ ކުރިން ބޮލީވުޑްގައި ފެނިފައިނުވާ ފަދަ ތަފާތު އުކުޅުތަކެއް އެކުލެވޭ “ސައިކޮލޮޖިކަލް ލަވް ސްޓޯރީ” އެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ފިލްމާ ގުޅޭގޮތުން ޕްރޮސިތު ރޯއީ ދާދި ފަހުން ލަކްޝްޔާއަށް ވާހަކަ ކިޔައިދީފައިވާއިރު، ފިލްމުގެ ސްކްރިޕްޓާމެދު ލަކްޝްޔާ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށް އިންސައިޑަރަކު ވަނީ ބުނެފައެވެ. “ކިލް” ފިލްމުގައި ލަކްޝްޔާ ފެނިގެންދިޔައީ ވަރުގަދަ އެކްޝަން ރޯލަކުން ކަމަށްވީ ނަމަވެސް، މި ފިލްމުގައި އޭނާ ފެނިގެންދާނީ މުޅިން ތަފާތު ކެރެކްޓާއަކުންނެވެ.

ޕްރޮސިތު ރޯއީއަކީ މީގެ ކުރިން “ޕަރީ” ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރެކެވެ. މި ފިލްމުގެ ބަތަލާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ބަތަލާގެ ރޯލަށް ވެސް ހީނުކުރާ ފަދަ ތަފާތު މޫނެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

މި ފިލްމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އަދި ފިލްމު ސިނަމާތަކަށް ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރަށެވެ. މިއީ ލަކްޝްޔާގެ ކެރިއަރުގައި އޭނާގެ އެކްޓިން ހުނަރު ދައްކާލުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.

މިވެސް ކިޔާލަން:  އީލޮން މަސްކްގެ ބައްޕަ، އެޕްސްޓީންއާ ގުޅޭގޮތުން ސިއްސައިގެންދާ ފަދަ ވާހަކަތަކެއް ދައްކައިފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top