މިއީ ވަރަށް މަދު އެއްޗެއް ބޭނުންކޮށްގެން ގޭގައި ތައްޔާރުކޮށްލެވިދާނެ މީރު ވެނީލާ ޕުޑިންގް އެއްގެ ރެސިޕީއެކެވެ.
⏱️ ތައްޔާރުކޮށްލުމަށް: 10 މިނެޓު
⏱️ ކެއްކުމަށް: 10 މިނެޓު
⏱️ ސެޓުވުމަށް: 10 މިނެޓު
⏱️ ޖުމްލަ ވަގުތު: 30 މިނެޓު
🍽️ ތައްޔާރުކުރެވޭނީ: 5 މީހުންނަށް
🛒 ބޭނުންވާ ތަކެތި:
● 1/3 ޖޯޑު ހަކުރު
● 3 މޭޒުމަތީ ސަމުސާ ކޯންފްލާ
● ½ ސައިސަމުސާ ލޮނު
● 2 ޖޯޑު ފުލް ކްރީމް ކިރު
● 1 މޭޒުމަތީ ސަމުސާ ބަޓަރު
● 1 ސައިސަމުސާ ވެނީލާ އެސެންސް
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – އެންމެ ފުރަތަމަ، ފުން ތަވައެއް ނުވަތަ ތެރެއަށް ހަކުރާއި، ކޯން ފްލާ އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
2 – އޭގެ ތެރެއަށް ކިރުކޮޅު މަޑުމަޑުން އަޅަމުން، އެއްވެސް ވަރަކަށް ގަނޑުނުވާނެހެން ގިރުވަމުން ގެންދާށެވެ. މެދުގިނީގައި ބަހައްޓައިގެން ގިނަގިނައިން ގިރުވަމުން، ކިރުކޮޅު ކައްކާށެވެ. މިގޮތަށް ގާތްގަނޑަކަށް 8 މިނެޓު ކައްކައި، ކިރުކޮޅު ކެކިގަތުމުން، ހުއްޓާނުލައި ގިރުވަމުން އިތުރު 1 މިނެޓު ކައްކާލާށެވެ.
3 – ކިރުކޮޅު އޮލަވުމުން އުނދުންމަތިން ބޭލުމަށްފަހު، އޭގެ ތެރެއަށް ބަޓަރާއި ވެނީލާ އެސެންސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
4 – ތައްޔާރުކުރި ޕުޑިންގް 5 ކުދި ތަށްޓަށް އެއްވަރަކަށް އަޅާށެވެ. އަދި ގާތްގަނޑަކަށް 10 މިނެޓު ވަންދެން ބޭރުގައި ބަހައްޓައިގެން ހަރުވިޔަ ނުދީ ހިހޫވެލަން ފުރުސަތު ދޭށެވެ. ޕުޑިންގްގެ މަތީގައި ތުނި ފަށަލައެއް ނުވަތަ “ސްކިން” އެއް އުފެދުމުން ސަލާމަތްކުރުމަށްޓަކައި، ޕްލާސްޓިކް ރެޕް ބޭނުންކޮށްގެން ޕުޑިންގްގެ މަތީގައި ޖެހޭނެހެން ނިވާކޮށްލާށެވެ. އެއަށްފަހު ފިނިކުރަން ފްރިޖަށް ލައި، ގާތްގަނޑަކަށް 2 ގަޑިއިރު ވަންދެން ބަހައްޓާށެވެ.
5 – މިހާރު މިވަނީ މީރު ވެނީލާ ޕުޑިންގް ތައްޔާރުވެފައެވެ. ފިނިކޮށް ހުއްޓާ ސާވްކުރާށެވެ.
