ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުޑަ އިއްބެ، ޗިއްޕެ އަދި ޝިނާނަށް މުނިފޫހިފިލުވުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު.

މުނިފޫހިފިލުވުމުގެ މައިގަނޑު ދެދާއިރާ ކަމަށްވާ ފިލްމީ މަސައްކަތާއި މިއުޒިކާއި ލަވަކިޔުމުގެ ދާއިރާއިން ކުޑަ އިއްބެ، ޗިއްޕެ އަދި ޝިނާނަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ސަރުކާރުން ދެއްވައިފި އެވެ.

 

އެގޮތުން ވިޝުއަލް އާޓްސްގެ ދާއިރާ އާއި ފިލްމް ޑައިރެކްޓް ކުރުމުގެ ރޮނގުން މަޝްހޫރު ޑައިރެކްޓަރ އަލީ ޝިފާއު (ޗިއްޕެ) – ގ. ހޮޅިގެ އަށް ވަނީ ލިބިފައެވެ.

ޢަލީ ޝިފާޢު ފިލްމު އުފެއްދުމުގެ މަސައްކަތުގައި

ވިޝުއަލް އާޓްސްގެ ދާއިރާ އިންނާއި އެނިމޭޝަންގެ ރޮނގުން އިނާމު ލިބިފައިވަނީ އަހުމަދު ސިނާން – ޗަމަން ރ. ފައިނު އަށެވެ.

ޝިނާން ކެމެރާ ކުރުމުގައި

ޕާފޯމިން އާޓްސްގެ ދާއިރާ އިންނާއި ލަވަކިޔުމާއި މިޔުޒިކް ކުޅުމާއި އަމިއްލަ ރާގު އުފެއްދުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން އިނާމު ލިބުނީ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ކީރަންމާގެ ގދ. ތިނަދޫ އަށެވެ.

ކުޑަ އިއްބެ ވީޑިއޯ ލަވައެއްގައި

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top