ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެކްތާގެ “ދަ ވާން” ރިލީޒްކުރާ ތާރީޚު އިޢުލާންކޮށްފި
ގޫގަލް

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް، ބާލާޖީ މޯޝަން ޕިކްޗާސް އިން އުފައްދާ އާ ފިލްމު “ދަ ވާން” ސިނަމާތަކަށް ގެންނާނެ ތާރީޚު ރަސްމީކޮށް އިޢުލާންކޮށްފިއެވެ. އެ ޕްރޮޑަކްޝަނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި ފިލްމު ސިނަމާތަކުގައި އަޅުވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މަޝްހޫރު ތަރިން ކަމަށްވާ ސިދާތު މަލޯތުރާ އަދި ތަމަންނާ ބާޓިއާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމު ރިލީޒްކުރާ ތާރީޚު އިޢުލާން މިކުރީ، ފިލްމުގެ ބައެއް މަންޒަރުތައް އަލުން ޝޫޓްކުރަމުންދާ ކަމަށާއި އެޑިޓިންގގެ ބޮޑެތި ބަދަލުތަކެއް ގެންނަމުންދާތީ ފިލްމު ފަސްވެދާނެ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.

ފިލްމު ރިލީޒްކުރާ ތާރީޚު ހާމަކުރަމުން ބާލާޖީ މޯޝަން ޕިކްޗާސް އިން “އެކްސް” ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ވާހަކަތައް ދުލުން ދުލަށް، ފޮތްތަކުގެ ގަނޑުތަކަށް އަދި ސްޓޭޖުތަކުން ފެށިގެން ސްކްރީނާ ހަމައަށް ދަތުރުކޮށްފައިވާ ކަމަށާއި، ދުވަހަކުވެސް ހަނދާނުން ނުފިލާނެ ފަދަ ވާހަކައެއް ވަރަށް އަވަހަށް ހާމަވެގެންދާނެ ކަމަށެވެ. މިއާއެކު، ފިލްމުގެ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަން ވަނީ ޔަގީންވެފައެވެ.

ފިލްމްފެއާގެ ރިޕޯޓްތައް ބުނާގޮތުން، ޓީވީއެފްގެ މަޤުބޫލު ސީރީޒްތައް ކަމަށްވާ “ޕަންޗާޔަތު” އަދި “ޕާމަނަންޓް ރޫމްމޭޓްސް” ގެ ޑައިރެކްޓަރު ދީޕަކް މިޝްރާ ޑައިރެކްޓްކުރާ މި ފިލްމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދެއެވެ. އެގޮތުން ޑައިރެކްޓަރު ދީޕަކް މިޝްރާ އަދި އޭނާގެ ޓީމު މަސައްކަތުން ވަކިކޮށް، ފިލްމުގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ބެލުމުގެ ދަށުން އެޑިޓިންގގެ މަސައްކަތްތައް ނީރަޖް ކޮތާރީ އަދި ސާހިރު ރަޒާއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިވެސް ކިޔާލަން:  ރެޑްބުލް ވިނިންގ ފައިވް- ހަނިމާދޫގެ ޗެމްޕިއަން ކަން އަޅި ބުރޯސްއަށް

މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ބަތަލާ ތަމަންނާ ބުނެފައިވަނީ، ސިދާތު މަލޯތުރާއާއެކު މަސައްކަތް ކުރުމަކީ އޭނާ ވަރަށް ކުރީއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި، ސިދާތަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށެވެ. އަދި ފިލްމުގެ ވާހަކަ އަޑުއެހުމުން، އެއީ އިންޑިއާގެ ގަދީމީ ވާހަކަތަކުގެ (ފޯކްލޯ) މައްޗަށް ބިނާކޮށްފައިވާ ވަރަށް ވަރުގަދަ އަދި ފުރިހަމަ ސްކްރިޕްޓެއްކަން ފާހަގަކުރެވުނު ކަމަށްވެސް އޭނާ ބުންޏެވެ.

ޕްރައިމް ވީޑިއޯގެ “2026 ސްލޭޓް” އިވެންޓުގައި ހާމަކޮށްފައިވާ ގޮތުގައި، ސިނަމާތަކުގައި ދެއްކުމަށްފަހު، “ދަ ވާން” ދެން ސްޓްރީމްކުރުމަށް ހަމަޖެހިފައިވަނީ އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top