ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ރަހިމުގެ ކެންސަރު ޖެހޭ 90 އިންސައްތަ މީހުންގެ ކިބައިން ފެންނަ މައިގަނޑު އަލާމާތްތައް

– ގިނަ ފަހަރަށް މިއީ އިއްދައިން ވަކިވުމާ ގުޅުންހުރި ކަމެއް ކަމަށް ބެލެވުނު ކަމީ ގޯސް ހީތަކެއް.

އެމެރިކާގައި އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އާންމީ ރަހިމުގެ ކެންސަރެވެ.

މީގެ ތެރެއިން ގިނަ ކޭސްތަކަކީ ރަހިމުގެ އެތެރޭ ފަށަލައަށް ޖެހޭ ‘އެންޑޯމެޓްރިއަލް’ ކެންސަރެވެ. އެމެރިކަން ކެންސަރ ސޮސައިޓީން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު މި ބަލީގެ އައު 68,270 ކޭސް ފެނި، 14,450 މީހުން މަރުވާނެއެވެ. އަދި އަހަރުން އަހަރަށް މި ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މެމޯރިއަލް ސްލޯން ކެޓަރިންގ ކެންސަރ ސެންޓަރުން ހާމަކުރާ ގޮތުގައި، ރަހިމުގެ ކެންސަރު ޖެހޭ އަންހެނުންގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް އެންމެ ފުރަތަމަ ފާހަގަވަނީ ކުރިމަތިފަރާތުން އާދަޔާ ހިލާފަށް ލޭ އައުމެވެ.

ގިނަ ބަޔަކަށް ހީވަނީ މިއީ އިއްދައިން ކެނޑޭ ދުވަސްވަރާ ގުޅިގެން ނުވަތަ ރަހިމުގައި އުފެދޭ ގަނޑެއްގެ ސަބަބުން ނުވަތަ ހޯރމޯނަށް އަންނަ ބަދަލެއްގެ ސަބަބުން ވާކަމެއް ކަމަށެވެ. މިފަދަ ހީތަކުގެ ސަބަބުން ޑޮކްޓަރަށް ދެއްކުން ލަސްވުމަކީ، ކުރީކޮޅު ފަރުވާދެވޭނެ ހާލަތެއްގައި ހުންނަ ކެންސަރު، ފަރުވާ ދޭން އުނދަގޫ މަރުހަލާއަކަށް ދިއުމަށް މެދުވެރިވާ ސަބަބެކެވެ.

ރަހިމުގެ ކެންސަރު ހަމައެކަނި ރަހިމުގެ ތެރޭގައި ހުއްޓާ ދެނެގަނެވިއްޖެނަމަ، އެއީ ފަރުވާކޮށްގެން ފަސޭހަވުމުގެ ފުރުސަތު ވަރަށް ބޮޑު ބައްޔެކެވެ. އެހެންކަމުން، އިއްދައިން ކެނޑިފައިވާ އަންހެނުންނަށް ކުޑަކޮށް ލޭގެ އަސަރު ފެނުނު ކަމުގައިވިޔަސް ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެމެރިކަން ކެންސަރ ސޮސައިޓީން އިރުޝާދުދެއެވެ.

މިވެސް ކިޔާލަން:  ފައިގެ އިނގިލިތަކުގައި ހުންނަ ކުދިކުދި އިސްތަށި: ބޮޑު މެސެޖެއް

ސަމާލުކަން ދޭންޖެހޭ 7 އަލާމާތް:

1- އާދަޔާ ހިލާފަށް ލޭ އައުން: އިއްދައިން ކެނޑުނު ފަހުން ލޭ އައުން، ދެ މައްސަރު ކަންތަކުގެ ދޭތެރޭގައި ލޭގެ އަސަރު ފެނުން، ނުވަތަ މައްސަރު ކަންތައް ދިމާވާ ގޮތަށް ކުއްލި ބަދަލެއް އައުން. މިއީ އެންމެ އާންމު އަލާމާތެވެ. ކޮންމެ 10 ކޭސްއަކުން 9 ކޭސްގައި މި އަލާމާތް ފެނެއެވެ.

2- ފެންފޮދެއް ފަދަ ނުވަތަ ފިޔާތޮށި ކުލައިގެ ދިޔައެއް އައުން: މައްސަރު ކަންތަކާ ގުޅުމެއް ނެތް އާދަޔާ ހިލާފު ދިޔައެއް އައުން. ކޮންމެ ކަހަލަ އާދަޔާ ހިލާފު ދިޔައެއް ކުރިމަތިފަރާތުން އައި ނަމަވެސް އެއީ ބަލަންޖެހޭ ކަމެއް ކަމަށް އެމެރިކަން ކެންސަރ ސޮސައިޓީން ބުނެއެވެ.

3- އުނަގަނޑުގެ ތިރިން ރިއްސުން ނުވަތަ ބަރުހެން ހީވުން: ބަނޑުގެ ތިރިން މަޑުމަޑުން ރިއްސުން ނުވަތަ ފުރިފައިވާ ކަހަލަ އިހުސާސެއް ކުރެވުން. މިއީ އާންމުކޮށް ބަލި ބޮޑުވާ ފަހުން ފެންނަ އަލާމާތެކެވެ.

4- ޖިންސީ ގުޅުން ހިންގާއިރު ތަދުވުން: ޖިންސީ ގުޅުން ހިންގާއިރު އުނދަގޫވުން ނުވަތަ ތަދުވުމަކީ ސަމާލުވާންޖެހޭ އަލާމާތެއް ކަމަށް އެމް.އެސް.ކޭ އިން ފާހަގަކުރެއެވެ.

5- ކުޑަކަމުދާއިރު އުނދަގޫވުން ނުވަތަ ތަދުވުން: މަސާނާ (ބްލެޑަރ) ހުސްކުރަން އުނދަގޫވުން ނުވަތަ ކުޑަކަމުދާއިރު ދިލަނެގުން.

6- ސަބަބެއް ނޭނގި ބަރުދަން ލުއިވުން: އެއްވެސް މަސައްކަތެއް ނުކޮށް ކުއްލިއަކަށް ބަރުދަން ލުއިވުން. މިއީ ވެސް ބަލި ފެތުރޭ ފަހުން ފެންނަ އަލާމާތެކެވެ.

7- އުނަގަނޑުގެ ތިރިން ގަނޑެއް ނުވަތަ ދުޅައެއް އިހުސާސްވުން: އަތްލުމުން އެނގޭ ވަރުގެ ގަނޑެއް ހުރުން ނުވަތަ އެ ހިސާބު ބަރުވުން. މިއީ ބަލީގެ ކުރީކޮޅު ފެންނަ ކަމެއް ނޫނެވެ.

މިވެސް ކިޔާލަން:  ފޮޓޯގެ ފަހަތުގައިވާ ވާހަކަ - "ގަސް މީހާ" ނުވަތަ "ޓްރީ މޭން"

އިއްދައިން ކެނޑުމުގެ ސަބަބުން އޮޅުން އަރަނީ ކީއްވެ؟
ރަހިމުގެ ކެންސަރުގެ ކުރީކޮޅު ލޭ އަންނަނީ އިއްދައިން ކެނޑޭ ދުވަސްވަރު މައްސަރު ކަންތައް ބަދަލުވާ ގޮތާ ވަރަށް އެއްގޮތަށެވެ. އެހެންކަމުން އެމެރިކަން ކެންސަރ ސޮސައިޓީން އެއް ކަމަކަށް ވަރަށް ބޮޑަށް ބާރުއަޅައެވެ.

އިއްދައިން ކެނޑުނު ފަހުން ކިތަންމެ ކުޑަކޮށް ލޭ އައި ނަމަވެސް ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ. މީގެ ތެރޭގައި ލޭގެ އަސަރު ފެނުމާއި އާދަޔާ ހިލާފު ދިޔަ އައުން ވެސް ހިމެނެއެވެ. އެމެރިކާގައި އުރަމަތީގެ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރާއި، ފުރަމޭގެ ކެންސަރު ފަދަ ބަލިތަކެކޭ އެއްފަދައިން ރަހިމުގެ ކެންސަރު ޖެހޭ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ.

މިހާރުން މިހާރަށް ކުރަންވީ ކަންތައް:
އިއްދައިން ވަކިވި ފަހުން އެއް ފަހަރު ނަމަވެސް، ނުވަތަ އެންމެ ތިއްކެއްގެ މިންވަރަށް ލޭ އައި ނަމަވެސް ޑޮކްޓަރަށް ދައްކާށެވެ. ދެވަނަ ފަހަރަށް ލޭ އަންނަންދެން މަޑުނުކުރާށެވެ.

ދެ މައްސަރު ދޭތެރޭގައި ލޭ އައުމާއި، އާދަޔާ ހިލާފު ދިޔައެއް އައުމާއި، ނުވަތަ އުނަގަނޑުގެ ތިރިން ރިއްސުން ނުކެނޑި ހުންނަނަމަ ވެސް މިކަންކަމަށް ސަމާލުވާށެވެ. ރަހިމުން ބަޔެއް ނަގައިގެން ހަދާ ޓެސްޓަކީ (އެންޑޯމެޓްރިއަލް ބަޔޮޕްސީ) ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަދާލެވޭނެ ޓެސްޓެކެވެ. މީގެ ސަބަބުން ކެންސަރު ނެތްކަން ޔަގީންކުރެވޭނެއެވެ. ނުވަތަ ކެންސަރު ހުރިނަމަ ކުރީކޮޅު ފަރުވާ ފެށުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top