ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ ނޮވެމްބަރު 05 ގައި އަޅުވާ ”ގޮށްރާޅު“ ގެ އޮފިޝަލް ޓްރެއިލަރ މިއަދު ރިލީޒްކުރާނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފިއެވެ. ޓްރެއިލަރ ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަދު 17:00 ގައެވެ.
ރަސްމީ ޓްރެއިލަރ މިއަދު އާއްމުކޮށް ރިލީޒްކުރާއިރު “ގޮށްރާޅު” ގެ އެކްސްކްލޫސިވް ޕްރިވިއު އެއްގެ ގޮތުގައި ދައްކާ ޓްރެއިލަރ އެއް މިމަހު 4 ވަނަ ދުވަހު ދައްކާފައިވެއެވެ.
“ގޮށްރާޅު” ފިލްމަކީ ވިޝުއަލް އާޓްސް ދާއިރާ އިން އެނިމޭޝަންގެ ރޮނގުން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައިވާ އަހުމަދު ޝިނާންގެ ފުރަތަމަ އަމިއްލަ ޑައިރެކްޝަނެވެ. 2016 ގައި ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި ފިލްމް “4426” ޑައިރެކްޓް ކޮށްފައިވަނީ ވެސް އަޙްމަދު ޝިނާން އެވެ. މީގެ އިތުރަށް ‘ފަތިސްހަނދުވަރުގެ ފެށުން – ތްރީޑީ’ ގައިވެސް ސިނާން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ.
މިއީ މޫމިން ފުއާދުގެ ސްކްރީންޕްލޭ އަކަށް ހަދާ ކްރައިމް/ސަންސްޕެންސް ތުރިލާއެކެވެ. ފިލްމްގެ މުހިއްމު ރޯލްތަކުން ފެންނާނީ އަލަށް ތައާރަފުވާ ހަސަން އިރްފާން (ޒަކިއްޓެ) އާއި އައިޝަތު ތަސްނީމާ އާއި ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. މީގެ އިތުރުން ވެސް ފިލްމުން ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ.
މިދިޔަ ފެބްރުއަރީ މަހު މޯޝަން ޕޯސްޓަރު ނެރެފައިވާ “ގޮށްރާޅު” ފިލްމްގައި ކިޔައި ދޭނީ އަންހެން ކުއްޖެއްގެ މައްސަލައެއްގައި ގޭންގްތަކެއްގެ މެދުގައި ހިނގާ ކަންތައްގަނޑެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!



