އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ޑާކްރެއިން އެންޓަޓެއިންމެންޓުގެ ފިލްމު “ގޮށްރާޅު”ގެ ޓިކެޓް ޖެނުއަރީ ހަތަރަކުން ފެށިގެން ވިއްކަން ފަށާނެ ކަމަށް އެ ފިލްމުގެ ޕްރޮޑިސަރ ބުނެފިއެވެ.
މުނިަވަސް އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، ޖެނުއަރީ ހަތަރުވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު ދިހަ އަކުން ރޭގަނޑު ދިހައެއް ޖަހަންދެން އޮލިމްޕަހުން އެ ފިލްމުގެ ޓިކެޓް ގަންނަން ލިބޭނެ ކަމަށެވެ.
މާލޭގެ އިތުރުން ހުޅުމާލޭ ޝްވެކް ސިނަމާ ގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވާއިރު ރަށްރަށުގައި “ގޮށްރާޅު” އަޅުވަން ބޭނުންނަމަ 9911229 ނަމްބަރަށް ގުޅައިގެން ނުވަތަ ޑާކްރެއިންގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެން ހަމަޖެއްސިދާނެ ކަމަށް ވެސް މޮގާ ބުންޏެވެ.
“ގޮށްރާޅު”ގެ ވެސް ޓިކެޓްގެ އަގު އުޅެނީ 100 ރުފިޔާ އަށެވެ.
