ފިލްމުކުޅުމަށް ޝައުޤުވެރިވާ، ހުނަހުރި ފަރާތްތަކެއް ހޯދުމަށް، ފިލްމީ ދާއިރާއަށް ޒުވާން އައު މޫނުތަކެއް ތަޢާރަފުކޮށް މޮޅު ފިލްމު ތަކެއް ނެރެމުން އަންނަ ޑާކްރެއިން އެންޓަޓެއިންމަންޓުން އިން އިޢުލާނުކޮށްފި އެވެ.

 

ޕްރޮޑިއުސަރ މުހައްމަދު ޢަލީ (މޮގާ) ކޮށްފައިވާ ފޭސްބްކް ޕޯސްޓެއްގައި ބުނީ އެކްޓަރަކަށް ވުމުގެ ޤާބިލުކަން ހުރިހަކަމަށް ޤަބޫލުކުރެވޭ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ އަންހެން އަދި ފިރިހެނުން މިކަމަށް އެދި ޑާކް ރެއިން އެންޓަޓެއިންމެންޓަށް އެފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް އެދޭކަމަށެވެ.

ތަރިން ހޮދުމަށް މޮގާ ކޮށްފައި ޕޯސްޓް

ރާއްޖޭގައި ފިލްމު އުފެއްދުމުގެ މަސައްކަތުގައި މިވަގުތު އެންމެ ކުރީ ސަފުގައި، އެންމެ ކާމިޔާބުކަމާއެކު ހަރަކާތްތެރި ވަމުން އަންނަ ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ވަނީ 12 އަހަރު ފުރިފައެވެ. 

 

ޑާކްރެއިން އެންޓަޓެއިންމަންޓްން އުފައްދަމުން އަންނަ ފިލްމު ތަކުގައި ގިނަ އާ މުނުތަކެއް ތައާރަފުކުރަމުން އަންނައިރު، އެތަނުން އުފައްދާ ފިލްމުތަކަށް އަންނަނީ ބޮޑު ކާމިޔާބެއްވެސް ލިބެމުންނެވެ.

 

ދިވެހި ސިނަމާ ތެރެއަށް ޑާކްރެއިން އެންޓަޓެއިންމަންޓް ވަދެފައިވަނީ 2006 ގައެވެ. ޓީވީއެމް އަށް ޑްރާމާ ސިލްސިލާ އުފައްދައިދިނުމާއި އިޝްތިހާރު ހެދުމާއި އޯޑިއޯ ރެކޯޑިންގ ފަދަ ކަންތައްތަކާއި އެކުގައެވެ. ނަމަވެސް މިއަދު އެ ސްޓޫޑިއޯ އަކީ އެމީހުންގެ އުފެއްދުންތަކުގެ ފެންވަރާއި ލިބެމުން އަންނަ ތަރުހީބަށް ބަލާއިރު ރާއްޖޭގެ ނަންބަރ ވަން ކަމަށް ބެލިދާނެ ސްޓޫޑިއޯއެއް ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.