ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ވަފާދާރު ސަޕޯޓަރުންނަށް ޚާއްޞަކޮށްގެން ޔޫޓިއުބް މެދުވެރިކޮށް ނެރޭ “ޑާކްރެއިންޝޯޓްސް”ގެ ފުރަތަމަ ފިލްމު “ދަޢުވަތު” ރިލީޒްކުރާނީ 01 އޮކްޓޫބަރު 2020ގައި ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ.
“ދަޢުވަތު” މިއީ އެކިކަހަލަ ގިނަ ޓްވިސްޓުތަކެއް ހިމެނޭ ތުރިލާއެކެވެ. މި ފިލްމުގެ ލީޑްގައި ހަރަކާތްތެރިވަނީ އަޙްމަދު ސުނީ އާއި މަރްޔަމް ޝިފާ (ޝިފް) އެވެ.
“ޑާކްރެއިންޝޯޓްސް”އަކީ އެ ޕްރޮޑަކްޝަންގެ ވަފާދާރު ފޭނުންނަށް ގެނެސްދޭ ސަންސްޕެންސްތަކާއި ޓްވިސްޓްތަކުން ފުރިފައިވާ ކުރު ފިލްމުތަކެއް ކަމަށް އެ ޕްރޮޑަކްޝަން ހައުސް އިން ބުނެއެވެ. މި ފިލްމުތައް ރިލީޒްކުރާނީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ޔޫޓިއުބް ޗެނަލްގައެވެ. އެހެންކަމުން އެ ކޮންޓެންޓްތަކަކީ ހިލޭ ބަލައިލެވޭނެ ކޮންޓެންޓްތަކެކެވެ.
މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފޭނުންގެ ފަރާތުން މެދުނުކެނޑި ލިބެމުން އަންނަ ސަޕޯޓަށް ޝުކުރު އަދާކުރުމުގެ ގޮތުން އެ ޕްރޮޑަކްޝަނުން ނެރޭ ކުރު ފިލްމުތަކެކެވެ.
މި ކުރު ފިލްމުތަކަކީ ކޮވިޑް-19ގެ މި ދަތި ދަނޑިވަޅުގައި އާޓިސްޓުންނަށްވެސް ސަޕޯޓެއް ދިނުމަށް ފެށި ޕްރޮޖެކްޓެއް ކަމަށް ޑާކްރެއިން އިން ބުންޏެވެ.
“ޑާކްރެއިންޝޯޓްސް”ގައި އެކި ފަންނާނުންގެ އެކްޓިން ފެނިގެންދާނެ ކަމަށާއި ޑައިރެކްޝަން ހަދާނީވެސް އެކިއެކި ޑައިރެކްޓަރުން ކަމަށް މަޢުލޫމާތު ލިބެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!