ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދުނިޔޭގެ މަޝްހޫރު “ސުޕަރބްރޭންޑްސް” ރާއްޖޭގައި ރަސްމީކޮށް ލޯންޗްކޮށްފި
"ސުޕަރބްރޭންޑްސް،" ރާއްޖޭގައި ރަސްމީކޮށް ލޯންޗްކުމުގެ ހަފުލާގެ ތެރެއިން / ޓްރާންސް މީޑިއާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ ޤައުމުތަކެއްގައި އެންމެ މަޤުބޫލު، އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުބޮޑު ބްރޭންޑްތައް ދެނެގަނެ، ބްރޭންޑްތައް މިންކުރާ ބައިނަލްއަޤްވާމީ ޕްލެޓްފޯމް “ސުޕަރބްރޭންޑްސް،” ރާއްޖޭގައި ރަސްމީކޮށް ލޯންޗްކޮށްފިއެވެ. މާލޭގެ މަންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި “ސުޕަރބްރޭންޑްސް މޯލްޑިވްސް” އިފްތިތާޙްކޮށްދެއްވީ އަލީ ޙުސައިން ދީދީ (އަލީދީ) އެވެ.

މި ރަސްމިއްޔާތުގައި އަލީ ޙުސައިން ދީދީ ދެއްކެވި ވާހަކަފުޅުގައި ސުޕަރބްރޭންޑްސްގެސަބަބުން، މަޝްހޫރު މޮޅު ބްރޭންޑްތައް ދެނެގަނެވުމުގެ އިތުރުން، ތަކެއްޗާއި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން މުހިންމުވެ، ފެންވަރުހިފެހެއްޓުމަށް އީޖާދީ ހައްލުތައް ނެރުމަށް އާދަވެ، އިތުބާރަކީ މުޢާމަލާތުގެ މައިގަނޑުކަމުގައި ވެގެންދާނެ އެވެ.

މީގެ 32 އަހަރު ކުރިން ލަންޑަނުގައި ތައާރަފުކުރެވުނު ސްޕަރބްރޭންޑްސް އަކީ ދުނިޔޭގެ އެކ ގައުމުތަކުގެ ވިޔަފާރިތަކުގެ މަގުބޫލުކަމާއި، ކޮލިޓީ އަދި އިތުބާރާއި އަގު މަތީފެންވަރެއްގައި ހިފެހެއްޓުމަށް މަގުފަހިކޮށްދޭ މުހިންމު ޕްލެޓްފޯމެކެވެ. މިހާރު ދުނިޔޭގެ 85 އަށް ވުރެ ގިނަ ޤައުމުތަކުގައި އެފިލިއޭޓްވެ، ހަރަކާތްތެރިވަމުން އަންނަ ސުޕަރބްރޭންޑްސްގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިތަކުގެ ބްރޭންޑް ވެލިއު އިތުރުކުރުމާއި، ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުކުރުމެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެތައް ބްރޭންޑްތަކަށް މިހާތަނަށް ވަނީ ސުޕަރބްރޭންޑްސްގެ ދަރަޖަ ދެވިފައެވެ

“ސުޕަރބްރޭންޑްސް،” ރާއްޖޭގައި ރަސްމީކޮށް ލޯންޗްކޮށްދެއްވީ އަލީ ޙުސައިން ދީދީ (އަލީދީ) /ފޮޓޯ: ޓްރާންސް މީޑިއާ

ސުޕަރބްރޭންޑްސް މޯލްޑިވްސްގެ ޗެއަރމަނަކީ، މި ޕްރޮގްރާމް ރާއްޖޭގައި ހިންގާ ކުންފުނި ޓްރާންސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަބްދުﷲ މައުސޫމް އެވެ. ރަސްމިއްޔާތުގައި ޑރ. މައުސޫމް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ސުޕަރބްރޭންޑްސް، ތަޢާރަފްވެގެން ދިއުމަކީ، “ދިވެހިރާއްޖޭގެ ވިޔަފާރިތަކަށާއި ޚިދުމަތްދޭ ތަންތަނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފައިތިލަ ސާބިތުކުރުމަށް ލިބިގެންދިޔަ ވަރަށްބޮޑު، ފުރުޞަތެއްކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތަކާއި ޚިދުމަތްތަކުގެ ފެންވަރު ދުނިޔޭގެ މިންގަނޑުތަކަށް ހިފެހެއްޓުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް” ފާހަގަކުރެއްވިއެވެ.”

ސުޕަބްރޭންޑްސް މޯލްޑިވްސްގެ ފަރާތުން ބްރޭންޑްތައް މިންކުރުމަށްޓަކައި އުފައްދާފައިވާ 15 މެމްބަރުންގެ ތަޖުރިބާކާރު ކައުންސިލްވެސް، މި ރަސްމިއްޔާތުގައި ތައާރަފުކުރިއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ތަފާތު ވިޔަފާރިތަކުގެ އިސް ފަރާތްތަކާއި އިގްތިސާދީ އަދި ފަންނީ މާހިރުންނާއި ސުޕަބްރޭންޑްސްގެ ރީޖަނަލް ކޯޑިނޭޓަރ ޝަރަފުލް އިސްލާމް، ސްޕަރބްރޭންޑްސްއާ ގުޅޭ ތައާރަފު ޕްރެސެންޓޭޝަނެއް ހުށައަޅުއްވައިދެއްވެވި އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top