ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕަރިނީތީގެ އަލަތު ވެބް ސީރީޒް ” ޝަކް: ޓްރަސްޓް ނޯ ވަން” މިމަހު 24 ގައި

ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕަރިނީތީ ޗޯޕްރާގެ އަލަތު ވެބް ސީރީޒް “ޝަކް: ޓްރަސްޓް ނޯ ވަން” މިހިނގާ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރަން ނިންމައިފިއެވެ.

މި ސީރީޒަކީ ގެއްލިފައިވާ އަމިއްލަ ދަރިފުޅު ހޯދުމަށް މަޔަކު ނުވަ އަހަރު ވަންދެން ކުރާ ހިތްވަރުގަދަ އަދި އަސަރުގަދަ ދަތުރު ދައްކުވައިދޭ މިސްޓްރީ ތުރިލާއެކެވެ. ދަރިފުޅު ހޯދުމުގެ މަސައްކަތުގެ ތެރެއިން އެއްވެސް މީހަކު ހީވެސް ނުކުރާ ފަދަ ބޮޑު ހަޤީޤަތަކާ ކުރިމަތިލާން ޖެހޭ މަންޒަރު މި ސީރީޒުން ފެނިގެންދާނެއެވެ.

މި ސީރީޒާ ބެހޭގޮތުން ޕަރިނީތީ ހާމަކުރި ގޮތުގައި، މިއީ ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ، އަސަރުގަދަ އިޙުސާސްތަކާއި، އޮޅުންބޮޅުން ބޮޑު ގުޅުންތަކާއި، އަދި ހީވެސް ނުކުރާ ފަދަ ޓްވިސްޓުތައް އެކުލެވޭ ފުރިހަމަ ތުރިލާއެކެވެ. މީގެ އިތުރުން، އެންމެ އިތުބާރުކުރާ މީހުންނާމެދު ޝައްކު އުފެދެން ފެށުމުން ވާނެ ގޮތްތަކާއި، މައިވަންތަކަމުގެ ހިތްވަރު މި ސީރީޒުން ވަރަށް ފުންކޮށް ދައްކުވައިދޭނެ ކަމަށް އޭނާ ބުންޏެވެ. “ޓްރިބަންގާ”، “މަހާރާޖް” އަދި “އިއްކާ” އަށް ފަހު މިފަދަ މޮޅު މަސައްކަތެއް ނެޓްފްލިކްސްއަށް ގެނެސްދެވޭތީ ފަޚުރުވެރިވާ ކަމަށް ވެސް ޕަރިނީތީ ފާހަގަކުރިއެވެ.

މި ސީރީޒްގެ ޑައިރެކްޓަރު އަދި ކޯ-ކްރިއޭޓަރު ރެންސިލް ޑިސިލްވާ ބުނީ، “ޝަކް” އަކީ ޔަޤީންކަމެއް ނެތް ހާލަތްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ސީރީޒެއް ކަމަށެވެ. އަދި ކޮންމެ ހަޤީޤަތެއް ހާމަވުމާއެކު އިތުރު ސުވާލުތަކެއް އުފެދި، ފެންނަ މަންޒަރުތަކާއި އިތުބާރުކުރާ މީހުންނާމެދު ބެލުންތެރިން ކޮޅެއްގައި ޖެހެންދެން ޝައްކު އުފެދޭނެ ފަދަ ގޮތަކަށް ސީރީޒް ބައްޓަންކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

މިވެސް ކިޔާލަން:  "ރޫމީ އާ ޖަންނަތު" - ޒަމާނީ ސްޓައިލްގެ ސަޅި ކޮމެޑީއެއް!

ޕަރިނީތީގެ އިތުރުން މި ސީރީޒްގެ މުހިންމު ރޯލުތަކުން ސޯނީ ރާޒްދާން، އަނޫޕް ސޮނީ، ޖެނިފާ ވިންގެޓް، ތާހިރު ރާޖް ބަސީން، ހަރްލީން ސޭތީ، ދްރުވް ޗޯދަރީ އަދި ސުމީތު ވިޔާސް ފަދަ ކުޅަދާނަ ތަރިން ފެނިގެންދާނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top