ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝައޯމީން އައިޕެޑް މިނީއާ ވާދަކުރާނެ ކުޑަ އޯލެޑް ޓެބްލެޓެއް ތައްޔާރުކުރަނީ

އެޕަލްއިން ކުރިއަށް އޮތްތަނުގައި ނެރުމަށް ހަމަޖެހިފައިވާ އޯލެޑް އައިޕެޑް މިނީއާ ވާދަކުރާނެ ފަދަ، ކުޑަ ސައިޒެއްގެ ފެންވަރު ރަނގަޅު އޯލެޑް ޑިސްޕްލޭއެއް ހިމެނޭ ޓެބްލެޓެއް ޝައޯމީން އުފައްދަމުންދާ ކަމަށް ބެލެވެއެވެ.

މި ޓެބްލެޓާ ގުޅޭގޮތުން ރަސްމީ މަޢުލޫމާތެއް އަދި ލިބިފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން ޝައޯމީން މަސައްކަތް ކުރަމުންދަނީ ކުޑަ ޑިޒައިނަކާއި ބާރުގަދަ ޗިޕްސެޓެއް ހިމެނޭ ޕްރީމިއަމް މޮޑެލްއެއް ނެރުމަށެވެ. މިހާރު ބާޒާރުގައި ހުރި ގިނަ ކުޑަ ޓެބްލެޓްތަކުގައި ބޭނުންކުރަނީ އެލްސީޑީ ޕެނަލްތަކަށް ވީއިރު، އޯލެޑް ބޭނުންކުރާ މަދު ޓެބްލެޓްތަކުގެ ތެރޭގައި އޮޕޯ ޕެޑް މިނީ އާއި ރެޑްމެޖިކް އެސްޓްރާ 2 ހިމެނެއެވެ.

ޝައޯމީގެ ރެޑްމީ ކޭ ޕެޑް ސީލީޒް މެދުވެރިކޮށް، މިފަދަ ކުޑަ ޓެބްލެޓްތައް އުފެއްދުމުގެ ތަޖުރިބާ އެ ކުންފުންޏަށް ވަނީ ލިބިފައެވެ. އެ ސީލީޒްގެ ދެ ޖީލުގައިވެސް ބޭނުންކޮށްފައިވަނީ 8.8 އިންޗީގެ ޑިސްޕްލޭއަކާއި ފެންވަރު ރަނގަޅު ޕްރޮސެސަރުތަކެވެ. ނަމަވެސް އެއީ އެލްސީޑީ ސްކްރީން ހިމެނޭ، ރެޑްމީ ބްރޭންޑްގެ ދަށުން ނެރެފައިވާ އާލާތްތަކެކެވެ. ރިޕޯޓްތައް ބުނާގޮތުން އަލަށް ނެރޭ މޮޑެލް ހުންނާނީ ސީދާ ޝައޯމީ ބްރޭންޑްގެ ދަށުންނެވެ. އަދި އޭގައި ހިމެނޭ އެންމެ ބޮޑު ކުރިއެރުމަކީ އޯލެޑް ސްކްރީނެވެ.

“ޑިޖިޓަލް ޗެޓް ސްޓޭޝަން” އިން ހާމަކޮށްފައިވާ ގޮތުގައި، މި ޓެބްލެޓްގެ ފަރުމާ ބިނާކޮށްފައިވަނީ ޝައޯމީގެ އާ 18 ފޯލްޑް ފޯނުގެ ޑިޒައިނަށެވެ. މީގެ މާނައަކީ މިއީ ތުނި ބޭސަލްތަކެއް ހިމެނޭ، އަތަށް ފަސޭހަ ކުޑަ ޓެބްލެޓަކަށް ވާނެ ކަމެވެ. އަދި މި ޓެބްލެޓް އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް “ސްމާޓް ޕިކާޗޫ” ކިޔާ މަސްދަރަކުން ވެސް ވަނީ ބުނެފައެވެ.

މިވެސް ކިޔާލަން:  ސަބްވޭ ސަރފާސް: ނިމުމެއް ނެތް ދަތުރެއް؟

މި ޓެބްލެޓާ ގުޅޭގޮތުން މިހާތަނަށް އެނގިފައިވާ މަދު މަޢުލޫމާތުތަކުގެ ތެރޭގައި ޑިސްޕްލޭ ހިމެނުނު ނަމަވެސް، އޭގައި ބޭނުންކުރާނެ ޗިޕްސެޓަކާމެދު އަދި ޔަގީންކަމެއް ނެތެވެ. ނަމަވެސް ބައެއް މަސްދަރުތަކުން ބުނާގޮތުގައި މިއީ ޝައޯމީގެ އާ “އެކްސްރިންގް އޯ3” ޗިޕްސެޓް ބޭނުންކުރާނެ އާލާތަކަށް ވެދާނެއެވެ. އެހެންވެއްޖެނަމަ، މިއީ ހަމައެކަނި އާދައިގެ ކަންކަމަށް ބޭނުންކުރާ ޓެބްލެޓަކަށް ވުމުގެ ބަދަލުގައި، ވަރަށް ބާރުގަދަ އާލާތަކަށް ވާނެއެވެ.

މި އުފެއްދުމާއެކު ޝައޯމީން ސީދާ އެޕަލްގެ އޯލެޑް އައިޕެޑް މިނީ 8 އާ ވާދަކުރާނެއެވެ. އެޕަލްގެ އައު މިނީ ޓެބްލެޓުގައި 8.4 އިންޗީގެ އޯލެޑް ޑިސްޕްލޭއަކާއި އޭ19 ޕްރޯ ޗިޕް ހިމެނޭނެ ކަމަށް ބެލެވުނު ނަމަވެސް، އޭގެ ރިފްރެޝް ރޭޓް ހުންނާނީ 60 ހާޓްޒްގައި ކަމަށް ވާހަކަ ދެކެވެއެވެ.

ޝައޯމީގެ މި ޓެބްލެޓްގެ ސްކްރީންގެ ސައިޒާއި، ރިފްރެޝް ރޭޓާއި، ބެޓެރީގެ އިތުރުން އަގާއި ނެރޭނެ ތާރީޚެއް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް، ކުޑަ ސައިޒެއްގައި އޯލެޑް ސްކްރީނަކާއި ބާރުގަދަ ޕްރޮސެސަރެއް ހިމެނުމަކީ ގިނަ ބައެއްގެ ސަމާލުކަން މި އުފެއްދުމަށް ހުއްޓޭނެ ކަމެކެވެ.

ޝައޯމީއަށް މި ޓެބްލެޓަކީ އަތަށް ފަސޭހަ ކުޑަ، އެހެންނަމަވެސް ފެންވަރު ރަނގަޅު ބާރުގަދަ އާލާތެއްގެ ގޮތުގައި ނެރެވިއްޖެނަމަ، މިއީ ކުރިއަށް އޮތްތަނުގައި ބާޒާރުގައި ފާހަގަކޮށްލެވޭނެ އުފެއްދުމަކަށް ވާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top