ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކް ރެއިން އެންޓަޓެއިންމެންޓަށް 20 އަހަރު: ބެލުންތެރިންނަށް ހަދިޔާއަކަށް ސަޅި ކުރު ފިލްމެއް!

ރާއްޖޭގައި ފިލްމު އުފެއްދުމުގެ މަސައްކަތުގައި މިވަގުތު އެންމެ ކުރީ ސަފުގައި، އެންމެ ކާމިޔާބުކަމާއެކު ހަރަކާތްތެރި ވަމުން އަންނަ ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓަށް މިވަނީ 20 އަހަރު ފުރިފައެވެ.

ދިވެހި ސިނަމާގެ ތެރެއަށް ޑާކްރެއިން އެންޓަޓެއިންމަންޓް ވަދެފައިވަނީ 14 ސެޕްޓެމްބަރު 2006 ވަނަ އަހަރުއެވެ. އެ ސްޓޫޑިއޯގެ މަސައްކަތްތައް އެންމެ ފުރަތަމަ ފެށިގެން އައީ ޓީވީއެމް އަށް ޑްރާމާ ސިލްސިލާ އުފައްދައިދިނުމާއި، ވިޔަފާރި އިޝްތިހާރުތައް ތައްޔާރުކުރުމުގެ އިތުރުން އޯޑިއޯ ރެކޯޑިން ހަދައިދިނުން ފަދަ ކަންކަމުންނެވެ. ނަމަވެސް، ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އެ ސްޓޫޑިއޯއިން ވަނީ ދިވެހި ފިލްމީ ދާއިރާގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިއަދު އެ ސްޓޫޑިއޯގެ އުފެއްދުންތަކުގެ ފެންވަރާއި އާންމުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބަށް ބަލާއިރު، އެއީ ރާއްޖޭގެ “ނަންބަރު ވަން” ފިލްމު ޕްރޮޑަކްޝަން ހައުސް ކަމަށް ބުނުމަކީ ރާއްޖޭގައި ފިލްމު އުފައްދާ އެހެން އެއްވެސް ފަރާތަކަށް ބުނެވޭ ކުޑައިމީސް ބަހަކަށް ނުވާނެއެވެ.

ވިހި އަހަރު ފުރުމުގެ މި ޚާއްޞަ މުނާސަބަތާ ގުޅުވައިގެން، ޑާކް ރެއިން އެންޓަޓެއިންމެންޓުން މިވަނީ އެ ސްޓޫޑިއޯގެ ސަޕޯޓަރުންނާއި ބެލުންތެރިންނަށް ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި ކުރު ފިލްމެއް ދޫކޮށްލާފައެވެ. “ކީއް ނުވަނީ؟”ގެ ނަމުގައި ނެރުނު މި ކުރު ފިލްމަކީ ‘ޓެލެ ކައިނެޓިކް ޕްރޮޑަކްޝަން’ އާއި ޑާކް ރެއިން އެންޓަޓެއިންމެންޓް ގުޅިގެން ގެނެސްދީފައިވާ، އަދުގެ ޒުވާނުންނަށް ވަރަށް ކަމުދާނެ ފަދަ ޒުވާން އުމުރުފުރާގެ ކުދިންގެ ދިރިއުޅުން ދައްކައިދޭ، ތަފާތު ފިލްމެކެވެ.

“ކީއް ނުވަނީ؟”ގެ ލީޑް ކުޅެފައިވަނީ މުޙައްމަދު މަޒީން އަދި ކައިލީން މުޙައްމަދު ޢަލީ އެވެ.

މިވެސް ކިޔާލަން:  "ނޮވެމްބަރ" ރިލީޒްކުރާ ތާރީޚް ވަރަށް އަވަހަށް އިޢުލާނުކުރަނީ

މި ފިލްމުގެ ޑައިރެކްޝަނާއި އެޑިޓިންގ ހަދާފައިވަނީ މަޝްހޫރު ޑައިރެކްޓަރު ރަވީ ފާރޫޤެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސްކޮށްފައިވަނީ ކައިލީން މުޙައްމަދު ޢަލީ އެވެ. އަދި ސިނަމަޓޯގްރަފީގެ މަސައްކަތް އަޙްމަދު ޒިފާފް ކޮށްފައިވާއިރު، ސައުންޑް އެޑިޓިންގ އަދި ޑިޒައިންގެ މަސައްކަތް ކޮށްފައިވަނީ ކުޅަދާނަ ޑައިރެކްޓަރު ޢަލީ ޝިފާއު (ޗިއްޕެ) އެވެ. މޭކަޕްގެ މަސައްކަތް ކޮށްފައިވަނީ ޢަރޫޝާ އިބްރާހީމް، ޢާއިޝަތު ޔާދާ އަދި ކައިލީން މުޙައްމަދު ޢަލީ އެވެ.

މި ކުރު ފިލްމުން ފެނިގެންދާ މުހިންމު ތަރިންގެ ތެރޭގައި މުޙައްމަދު މަޒީން، ކައިލީން މުޙައްމަދު ޢަލީ، ފާޠިމަތު އީޝަލް ޢިނާޔަތު، މުޙައްމަދު އަމްރޫ ސަޢީދު، މަލާކް އިސްމާޢީލް، ޢަލީ ނާއިޒް އަޙްމަދު، އަފްރާޙް އަޙްމަދު އަދި ފާޠިމަތު ފައިނާ ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top