ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާހް ރުކް ޚާންގެ އާ ފިލްމު “ކިންގް” ރިލީޒްކުރުން ފަހެއް ނުވާނެ
ގޫގަލް

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހް ރުކް ޚާންގެ ކުރިއަށް އޮތް ފިލްމު “ކިންގް” ރިލީޒްކުރުން ފަސްނުވާނެ ކަމަށާއި، ކުރިންވެސް ހަމަޖެހިފައިވާ ތާރީޚު ކަމަށްވާ އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ފިލްމު ސިނަމާތަކަށް އަންނާނެ ކަމުގެ ޔަޤީންކަން އޭނާ ދީފިއެވެ.

ޝާހް މިކަން ހާމަކުރީ އަންގާރަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް” (ކުރީގެ ޓްވިޓާ) ގައި ކުރިއަށް ގެންދިޔަ “އާސްކް އެސްއާރްކޭ” ސެޝަނެއްގައެވެ. މި ސެޝަންގައި ފޭނަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޝާހް ވަނީ، ފިލްމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ބެލުންތެރިންގެ ހިތްހަމަޖެހޭނެ ފަދަ މޮޅު ފިލްމެއް ޑިސެމްބަރު 24 ގެ ކުރިން ނިންމައި ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ފިލްމުގެ ޝޫޓިން ކުރިއަށް ދިޔައިރު އޭނާއަށް ލިބުނު ބައެއް އަނިޔާތަކުގެ ސަބަބުން މަސައްކަތުގެ ތާވަލަށް ކޮންމެވެސް ވަރެއްގެ ލަސްތަކެއް އައި ނަމަވެސް، މިހާރު ހުރިހާ ކަމެއްވެސް ޓްރެކަށް އެޅިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ފިލްމުގެ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމުގެ ޔަޤީންކަންވެސް ފޭނުންނަށް ދިނެވެ.

ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޝާހް ބުނީ، މިއީ ގިނަ ބަޔަކު މުނިފޫހިފިލުވައިދިނުމަށްޓަކައި ވަރަށް ބުރަކޮށް ކުރެވުނު މަސައްކަތެއް ކަމަށެވެ. އަދި މި ފިލްމުގެ އެކްޝަން، ލަވަތައް، އެކްޓަރުން އަދި އޭނާގެ އިސްތަށިގަނޑުގެ ސްޓައިލްވެސް ބެލުންތެރިންނަށް ކަމުދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރާ މި އެކްޝަން ތުރިލާ އަކީ 2023 ވަނަ އަހަރަށްފަހު ޝާހްރުކް ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ކާސްޓުގައި ދީޕިކާ ޕަޑުކޯން، ރާނީ މުކަރްޖީ، އަނިލް ކަޕޫރު، އަރްޝަދު ވަރްސީ އަދި އަބީޝެކް ބައްޗަން ހިމެނެއެވެ.

މިވެސް ކިޔާލަން:  "ކުއީން 2 " ގެ މައްސަލަ ކޯޓަށް

މީގެ އިތުރުން، މި ފިލްމަކީ ޝާހްގެ ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީނަށް (ސިނަމާއަށް) ތައާރަފްވާ ފިލްމުވެސް މެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top