މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އުންމީދީ ކުޅުންތެރިޔަކު ކީރިތި ޤުރުއާން ކިޔަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އަންނަނީ ދައުރުވަމުންނެވެ.
ޔުނައިޓެޑްގެ އެކަޑަމީން ފާހަގަވެފައިވާ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ އާމިރު އިބްރަގިމޯވް، ނުހަނު ހިތްގައިމު އަދި މަޑުމައިތިރި ރާގަކަށް ކީރިތި ޤުރުއާން ކިޔަވާ މަންޒަރު ފެންނަ މި ވީޑިއޯއަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.
އޭނާގެ ހިތްގައިމު އަޑާއި، ކިޔެވުމުގެ ފުރިހަމަކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންގެ ލޯބި އޭނާއަށް ވަނީ ލިބިފައެވެ. މިއީ އާންމުންނަށް ކުރިން ނޭނގޭ، އޭނާގެ ދިރިއުޅުމުގެ ވަރަށް މުހިންމު އަދި ރީތި ފަރާތެކެވެ.
އާމިރު ޗެރިމޮވިޗް އިބްރަގިމޯވް އަކީ ރަޝިއާއަށް އުފަން، އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. 2008 ވަނަ އަހަރު އުފަންވި މި ކުޅުންތެރިޔާ ވަނީ 2023 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ޒުވާން ގައުމީ ޓީމުތަކުގައި ވެސް ހިމެނިފައެވެ. ކުޑަ އިރު އިނގިރޭސިވިލާތަށް ހިޖުރަކުރި އިބްރަގިމޯވް އަތުގައި ރަޝިއާގެ އިތުރުން އިނގިރޭސިވިލާތުގެ ރައްޔިތުކަން ވެސް އޮވެއެވެ.
@muniavas Manchester United Young Forward’s Quran Recitation Goes Viral #manchesterunited#AmirIbragimov #quranrecitation ♬ original sound – MUNIAVAS
