ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮޑި ފުރަތަމަ މޮޅު ހޯދައިފި
ދިވެހި ޕްރިމިއާރ ލީގު - އެފްބީ

ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގެ އަށްވަނަ މެޗު ކާމިޔާބުކޮށް އޮޑި ސްޕޯރޓްސް ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ. އޮޑި ސްޕޯރޓްސް އާއި ބުރު ސްޕޯރޓްސް ބައްދަލުކުރި މި މެޗުގެ ކުރިން ކުޅުނު މެޗުން ދެ ޓީމު ވެސް ވަނީ ބަލިވެފަ އެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު، މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އޮޑި ސްޕޯރޓްސް އެވެ. މެޗުގެ އަށްވަނަ މިނިޓްގައި އޮޑިން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޒްދާން ހަސަން އެވެ. މުޒްދާން މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ކޯނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތްކުރި ބުރަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ.

ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި، ބޭނުން ނުކުރެވި ދިޔަފަހުން ބުރުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބުރަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޖުއާން އެޑްއާޑޯ ލެސްކާނޯ އެވެ. ޖުއާން މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކޯނަރު ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖެހުމަށް ދެ ޓީމުން ކުރަމުން އައި މަސައްކަތް މި ހާފުގައި ވެސް ކާމިޔާބުކުރީ އޮޑިން ނެވެ. މެޗުގެ 75 ވަނަ މިނިޓްގައި އޮޑިއަށް ލީޑު ނަގައިދިނީ ބަދަލަކަށް ކުޅެން ނުކުތް މުޙައްމަދު ޝަޚާއު އެވެ. އޭރިޔާ ބޭރުން، ތިރިތިރިން ޝަޚާއު ފޮނުވާލި ބޯޅަ ގޯލުގެތެރެއަށް ވަނީ، ކުރިމަތީ ހުރި ޑިފެންޑަރުގެ ސަބަބުން ކީޕަރަށް ބޯޅަ ގެއްލިފައި ކަހަލަ ގޮތަކަށް، ހުއްޓައި ކީޕަރާއި ދަނޑިއާ ދޭތެރެއިން ނެވެ.

މިވެސް ކިޔާލަން:  ލިވަޕޫލްގެ ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ކުރިއަށް

މެޗުގެ ފަހުކޮޅު އޮޑިން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު ދެ ލަނޑު ޖަހާފަ އެވެ. ބުރުގެ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ތެރެއަށް ވަދެ ކީޕަރުގެ ދުރުކަނަށް ފޮނުވާލައިގެން 90 ވަނަ މިނިޓްގައި އަހްޒަމް ރަޝީދު އޮޑީގެ ލީޑު ފުޅާކޮށްދިނެވެ. ލަނޑު ޖަހާނެ ރަނގަޅު ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވި ދިޔަފަހުން ލިބުނު ފުރުސަތެއްގައި އޮޑީގެ ހަތަރުވަނަ ލަނޑު ޖެހީ އިބްރާހިމް ވަހީދު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު އޭރިޔާތެރެއަށް މަތިން ލައިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

4-1 އިން އޮޑި މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަހްޒަމް ރަޝީދު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top