ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބްރޯޗް ފެޝަންގެ ތެރެއަށް: ބޮލީވުޑް ތަރިން މި ގަހަނާ އަލުން އާލާކުރަނީ

ބްރޯޗް ބޭނުންކުރުން އަލުން ފެޝަނަކަށް ވެފައިވާއިރު، ބޮލީވުޑްގެ ތަރިން އަންނަނީ އިންޑިއާގެ ސަގާފީ ހެދުންތަކާއި ހުޅަނގުގެ ޒަމާނީ ފޭރާމާއެކު މި ގަހަނާ ވަރަށް ފުރިހަމައަށް ބޭނުންކުރަމުންނެވެ. މި ބަޔާންކޮށްލަނީ މިފަދަ ގަހަނާތައް ބޭނުންކުރެވިދާނެ ބައެއް ގޮތްތަކެވެ.

2025 ވަނަ އަހަރުގެ މެޓް ގާލާގައި ޝާހްރުކް ޚާން ވަނީ އަލިމަހުގެ ތަރިއެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ ހިތްގައިމު ބްރޯޗަކުން އޭނާގެ ފޭރާމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ. އަދި މިއަހަރުގެ ކުރީކޮޅު ސައިފް އަލީ ޚާން ވެސް ވަނީ “ޓިފަނީ އެންޑް ކޯ”ގެ ޕްލެޓިނަމް އަދި 18 ކެރަޓް ރަނުގެ ބްރޯޗެއް ބޭނުންކޮށްފައެވެ. ދޫންޏެއްގެ ބައްޓަމަށްވާ މި ގަހަނާގައި 71 ހުދު އަލިމަހާއި، ފިޔާތޮށި ކުލައިގެ ސަފަޔަރެއްގެ އިތުރުން 15 ކެރަޓްގެ ރީނދޫ އަލިމަހެއް ހިމެނެއެވެ. މީގެ އިތުރުން، މިދިޔަ އަހަރު ތަމަންނާ ބާޓިއާ ވެސް ވަނީ މަނީޝް މަލޯތުރާ ފަރުމާކުރި ހެދުމަކާއެކު ހިތްގައިމު ބްރޯޗެއް ބޭނުންކޮށްފައެވެ.

ބްރޯޗްގެ މަޤުބޫލުކަން އަލުން އިތުރުވާ ސަބަބު

ކުރިން ހަމައެކަނި ރަސްމީ މުނާސަބަތުތަކަށް ޚާއްސަވެފައިވާ ބްރޯޗް، މިހާރު ފެޝަންގެ ދުނިޔެއަށް މިވަނީ އައު ރޫހެއްގައި އެނބުރި އައިސްފައެވެ. މިހާރު މިއީ ސާރީ، ބްލޭޒަރ ނުވަތަ ގަމީހާއެކު ވެސް ޒަމާނީ ގޮތަކަށް ޖަހާލެވޭނެ އެއްޗެކެވެ.

ޕީ.ޕީ ޖެވެލާސްގެ ޗެއަރޕާސަން ޕަވަން ގުޕްތާ ވިދާޅުވާ ގޮތުގައި، މީހުން މިހާރު ބޭނުންވަނީ މުޅި ހެދުން ބަރުނުކޮށް، ތަފާތު ގޮތަކަށް ފަޅުފިލުވައިދޭނެ ގަހަނާއެކެވެ. ބްރޯޗަކުން އެކަން ވަރަށް ފުރިހަމައަށް ކޮށްދެއެވެ. ކުޑަކުޑަ ކަމެއް ނަމަވެސް، މުޅި މީހާގެ ސިފައަށް ބޮޑު ބަދަލެއް މީގެން ގެނުވައެވެ. ސަގާފީ ގަހަނާއެއް ޒަމާނީ ފެޝަނާ ގުޅުވާލުމަކީ މި ތަކެތި އަލުން މަޤުބޫލުވާ ސަބަބެކެވެ.

މިވެސް ކިޔާލަން:  ތައި ސިލްކް ފެޝަން ވީކްގައި ރާއްޖެ ބައިވެރިވެއްޖެ

މި ބަދަލަކީ މާޒީގެ ފަރުމާތަކަށާއި، އާއިލީ ތަރިކައިގެ ގޮތުގައި ދެމުން އަންނަ ގަހަނާތަކަށް މީހުންގެ ހިތްތަކުގައި އުފެދިފައިވާ ލޯތްބާ ގުޅިފައިވާ ކަމެކެވެ.

ހުރާނާ ޖެވެލަރީ ހައުސްގެ ޑައިރެކްޓަރ ޕްރޭނާ ހުރާނާ ފާހަގަކުރެއްވި ގޮތުގައި، ބްރޯޗަކީ އޭގެ ޒާތުގައި ވާހަކައެއް ބުނެދޭ، އާއިލާގެ އެއް ޖީލުން އަނެއް ޖީލަށް ވާރުތަކުރެވޭނެ އެއްޗެކެވެ. މިއަދު މީގެ މަޤުބޫލުކަން އިތުރުވަނީ ވަކި އުމުރަކަށް، ޖިންސަކަށް ނުވަތަ ވަކި މުނާސަބަތަކަށް މިކަން ހަނިވެފައި ނުވާތީއެވެ.

އެއް ބްރޯޗުން ފުރިހަމަކަން ގެނެސްދިނުން

ކުރިން ހަމައެކަނި ރަސްމީ ހެދުންތަކަށް ޚާއްސަވި ނަމަވެސް، މިހާރު ބްރޯޗް ބޭނުންކުރަނީ ވަރަށް ޒަމާނީ ގޮތަކަށެވެ. ބްލޭޒަރެއްގައި، ޖެކެޓެއްގައި ނުވަތަ ސާރީއެއްގައި ޖަހާލާ މިފަދަ އެންމެ ގަހަނާއަކުން ވެސް މުޅި ހެދުމުގެ ފުރިހަމަކަން އިތުރުކޮށްދީ މީހުންގެ ސަމާލުކަން ދަމައިގަނެއެވެ.

“ގިނަ ގަހަނާތަކެއް އެއްފަހަރާ އެޅުމުގެ ބަދަލުގައި، މިހާރު މީހުން އިސްކަންދެނީ ހިތްގައިމު އެންމެ ބްރޯޗެއް ބޭނުންކުރުމަށް. މިއީ ބޭނުންކުރަން ފަސޭހަ އަދި ކޮންމެ މީހަކަށް ވެސް އަމިއްލަ ގޮތްތަކެއް ދައްކާލެވޭނެ ފުރުސަތެއް.” ޕަވަން ވިދާޅުވިއެވެ.

އިންޑިއާގެ ސަގާފީ ހެދުންތަކުގައި ބްރޯޗް ބޭނުންކޮށްގެން ދޯޕައްޓާ ނުވަތަ ބްލައުޒް ފަޅުފިލުވާލެވިދާނެއެވެ. އަދި ޝޭރްވާނީ ނުވަތަ ފޮތިފޭލި ފަދަ ހެދުންތަކުގައި ވެސް މިއީ ޖަހާލަން ރީތި އެއްޗެކެވެ. ކައިވެނީގެ ހަފުލާތަކުގައި ބޯހަރު ކުރާ އެއްޗެއްގެ ގޮތުގައި ނުވަތަ ފަށްތަކުގެ ތެރޭގައި ވެސް މިއީ ބޭނުންކުރެވިދާނެ އެއްޗެކެވެ.

އާންމު ދިރިއުޅުމުގެ ފެޝަނަށް ބަލާއިރު، ހުދު ގަމީހެއްގައި، ޖީންސް ޖެކެޓެއްގައި ނުވަތަ އުޅާ ހެދުމެއްގައި ލުއި ފަރުމާއެއްގެ ބްރޯޗެއް ޖަހާލުމަކީ ފަސޭހަކަމާއެކު ފުރިހަމަ ސިފައެއް ގެނެސްދޭނެ ކަމެއް ކަމަށް ޕްރޭނާ ލަފާދެއްވައެވެ.

މިވެސް ކިޔާލަން:  ނިބޫ ފެޝަން ބުޓީކް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top