ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަންގެލި އެއްވަނައިގައި ހަމަޖެހިލައިފި
ރިސޯޓް ލީގު - އެފްބީ

ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯންގެ ހަތްވަނަ މެޗުން ސަންގެލި މޮޅުވިއިރު، އަށްވަނަ މެޗުން މޮޅުވެ ޕަޓީނާ ގުރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 7

ހަތްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގައި ހިމެނޭ އޯބުލޫ ސަންގެއްޔާއި އާއި އޯބުލޫ އައިލާފުށްޓެވެ. މިއީ ދެ ޓީމުގެ ވެސް ފުރަތަމަ މެޗެވެ.

ފުރަތަމަ މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނައަށް ސަންގެލި ޖެހިލީ ފަސޭހަކަމާއިއެކު އެވެ. ބޮޑު ތަފާތަކުން ސަންގެލި މޮޅުވި މި މެޗުގެ ފަސްވަނަ މިނިޓްގައި ހުސައިން އަޒްމަތު އެ ޓީމަށް ލީޑު ނަގައިދިނެވެ. އަދި ފުރަތަމަ ހާފުގެ ފަހުކޮޅު ޢަބްދުﷲ ޒަމީން އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓާއި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މުޙައްމަދު ޖާވިދް ސަންގެއްޔަށް އިތުރު ދެ ލަނޑު ޖަހައިދިނެވެ.

ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ޝަމްވީލް އިބްރާހިމް އައިލާފުށްޓަށް ލަނޑެއް ޖަހައިދިނެވެ. 34 ވަނަ މިނިޓްގައި މާއިލް މުޙައްމަދު ސަންގެލީގެ ފަސްވަނަ ލަނޑު ޖަހައިދިންއިރު، ހާފުގެ ފަހު މިނިޓާއި މެޗުގެ އިތުރު ވަގުތުގައި ޢަބްދުﷲ ޒަމީން ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަންގެލީގެ ޢަބްދުﷲ ޒަމީން އެވެ.

މެޗު 8

އަށްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ޑީގައި ހިމެނޭ ހުވަފެންފުށްޓާއި ޕަޓީނާ އެވެ. މިއީ ގުރޫޕް ސްޓޭޖްގައި ޕަޓީނާ ކުޅޭ ދެވަނަ މެޗު ނަމަވެސް، ހުވަފެންފުށީގެ ފުރަތަމަ މެޗެވެ. ޕަޓީނާ ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ.

މިވެސް ކިޔާލަން:  ޕްރިޒަންސް ކުލަބް ގުރޫޕްގެ އެއްވަނައަށް، ޔޫތު މިނިސްޓްރީއަށް ފަސޭހަ މޮޅެއް

ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން މި މެޗު ކާމިޔާބުކޮށް ޕަޓީނާ ވަނީ ގުރޫޕްގެ އެއްވަނައިގައި ހަމަޖެހިލާފަ އެވެ. ގިނަ ވަގުތު ބޯޅަ ގެންގުޅެ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޕަޓީނާއިން ވަނީ 4 ވަނަ މިނިޓްގައި ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރިޒާން ޢަލީ އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ހުވަފެންފުށްޓަށް އެކަން ކާމިޔާބުނުވެ އުޅެނިކޮށް މާދިހް ވަޖީހު ވަނީ ޕަޓީނާގެ ލީޑު ފުޅާކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ނާއިލް ޢަލީ އެ ޓީމަށް އިތުރު ލަނޑެއް ޖަހައިދިނެވެ.

ދެވަނަ ހާފުގައި ޕަޓީނާއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. 31 ވަނަ މިނިޓްގައި ޢަބްދުﷲ ޢަލީ ޕަޓީނާގެ ހަތަރުވަނަ ލަނޑު ޖެހިއިރު، 36 ވަނަ މިނިޓްގައި އިބްރާހިމް ވަޖީހު އިތުރު ލަނޑެއް ޖެހި އެވެ. ޕަޓީނާގެ ހަވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި މޫސާ ހުމެދިހް އެވެ.

6-0 އިން ޕަޓީނާ މޮޅުވި، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕަޓީނާގެ އިބްރާހިމް ވަޖީހު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top