ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޯގާ ދެވަނަ މެޗުން ވެސް މޮޅުވެއްޖެ
މުނިއަވަސް ގްރެފިކްސް

ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯންގެ ނުވަވަނަ މެޗުން ބަރޮސް އަދި ދިހަވަނަ މެޗުން އޯގާ ރިސޯޓް މޮޅުވެއްޖެއެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 9

ނުވަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ކުޑަހުރާ އާއި ބަރޮސް މޯލްޑިވްސް އެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. މި މެޗަށް ނުކުތްއިރު، ކުޑަހުރާ ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. ބަރޮސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވީ ބައްޔެވެ. ފުރަތަމަ މެޗުން ބަލިވި ނަމަވެސް، މި މެޗުގައި ބަރޮސްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ކުޑަހުރާއިން މެޗުގެ ފުރަތަމަ މިނިޓްގައި ލަނޑު ޖަހައި ލީޑު ނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ޝިވާޒް ޢަބްދުﷲ އެވެ. ކުޑަހުރާގެ ލަނޑަށްފަހު މެޗުގެ ކޮންޓްރޯލް ހޯދައި މޮޅު ކުޅުމެއް ދެއްކި ބަރޮސްއިން 9 ވަނަ މިނިޓްގައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. 9 ވަނަ މިނިޓްގައި ބަރޮސްއަށް މި ލަނޑު ޖަހައިދިނީ ޢަބްދުﷲ ލަވްޝަން އެވެ. ލީޑު ނެގުމަށް ދެ ޓީމުން ވެސް މަސައްކަތް ކުރި މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަރޮސްއިން ލީޑު ނެގިއެވެ. 18 ވަނަ މިނިޓްގައި ބަރޮސްއަށް މި ލަނޑު ޖަހައިދިނީ ހަސަން ސަލީމް އެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، މެޗުގެ 24 ވަނަ މިނިޓްގައި ބަރޮސްއިން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަބޫބަކުރު ރާޝިދު އެވެ. ބަރޮސްގެ ތިންވަނަ ލަނޑަށް މާގިނައިރެއް ނުވެ، އިމާދް ސަލީމް ކުޑަހުރާއަށް ޖަހައިދިން ލަނޑުން އުންމީދު އާކުރި ނަމަވެސް މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

މިވެސް ކިޔާލަން:  ފޯރިގަދަ ކުޅުމެއް ފެނުނު މެޗު ކާމިޔާބުކޮށް އާރުސީސީ ފައިނަލަށް

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަރޮސްގެ ޢަބްދުﷲ ލަވްޝަން އެވެ.

މެޗު 10

ދިހަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ އޯގާ އާރޓް ރިސޯޓް އާއި ދަ ރިޓްޒް ކާރލްޓޮން އެވެ. މިއީ މި ދެ ޓީމު ވެސް ގުރޫޕް ސްޓޭޖްގައި ކުޅޭ ދެވަނަ މެޗެވެ. އޯގާ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ރިޓްޒް ކާރލްޓޮން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވީ ބައްޔެވެ.

ފުރަތަމަ މެޗުގައި ދެއްކި މޮޅު ކުޅުން މި މެޗުގައި ވެސް އޯގާއިން ވަނީ ދައްކާފަ އެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި މުޙައްމަދު އިރާޝް 7 ވަނަ މިނިޓްގައި ޖަހައިދިން ލަނޑުން އޯގާ ލީޑު ނެގިއިރު، 9 ވަނަ މިނިޓްގައި މުޙައްމަދު ޝާހީ ރިޓްޒް ކާރލްޓޮންއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

އަދި ދެވަނަ ހާފުގެ ކުރީކޮޅު ޖަލްވާން ޖައުފަރު ރިޓްޒް ކާރލްޓޮންއަށް ލީޑު ނަގައިދިނެވެ. އޯގާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މުޙައްމަދު އިރާޝް އެވެ. 37 ވަނަ މިނިޓްގައި މުޙައްމަދު އިރާޝް އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު، މި މެޗު ނިމުނީ މި ނަތީޖާއާއެކު އެވެ. މި މެޗާއިއެކު އޯގާ ވަނީ އެ ޓީމު ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޯގާ ރިސޯޓްގެ މުޙައްމަދު އިރާޝް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top