⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 15 މިނެޓު
⏱️ ފިހުމަށް ހޭދަވާނެ ވަގުތު: 40 މިނެޓު
⏱️ ޖުމްލަ ހޭދަވާނެ ވަގުތު: 55 މިނެޓު
🍽️ ތައްޔާރުކުރެވޭނެ މިންވަރު: 8 ފައި
🛒 ބޭނުންވާ ތަކެތި:
● 8 ކުކުޅު ފައި (ކަށި ހިމެނޭގޮތަށް)
● ¼ ޖޯޑު މާމުއި
● ¼ ޖޯޑު ޑިޖޯން މަސްޓަޑް
● 2 ލޮނުމެދު (ގާނާފައި ނުވަތަ ކުދިކޮށް ކޮށާފައި)
● 1 މޭޒުމަތީ ސަމުސާ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް
● 1 ½ ސައިސަމުސާ ތާޒާ ރޯޒްމެރީ (ކުދިކޮށް ކޮށާފައި)
● 1 ½ ސައިސަމުސާ ތާޒާ ތައިމް (ކުދިކޮށް ކޮށާފައި)
● ½ ސައިސަމުސާ ލޮނު
● ¼ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – އެންމެ ފުރަތަމަ އަވަން 177 ޑިގްރީ ސެލްސިއަސް (350 ޑިގްރީ ފެރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ. ބޭކިން ޑިޝްއެއްގައި ކުކުޅުތައް އަތުރާލުމަށްފަހު، ޓިޝޫއެއް ބޭނުންކޮށްގެން ކުކުޅުގައި ހުރި ތެތްކަން ފިލުވާލާށެވެ.
2 – ކުޑަ ބޯތަށްޓެއްގައި މާމުއި، މަސްޓަޑް، ލޮނުމެދު، ތެޔޮ، ރޯޒްމެރީ، ތައިމް، ލޮނު އަދި އަސޭމިރުސް ރަނގަޅަށް އެއްކޮށްލާށެވެ.
3 – ތައްޔާރުކުރި މާމުއި މަސްޓަޑް މިކްސްޗަރު، ފިއްސަކުން ނުވަތަ ސަމުސަލަކުން ކުކުޅުތަކުގެ މަތީގައި ރަނގަޅަށް އުނގުޅާލާށެވެ.
4 – އަވަނަށް ލައިގެން 40 އާއި 45 މިނެޓާ ދެމެދުގެ ވަގުތަކަށް، ނުވަތަ ކުކުޅު ރަނގަޅަށް ރޯފިލަންދެން ފިހާށެވެ. ކުކުޅުގެ ބޭރުފުށަށް ރަންމުށި ކުލައެއް ގެނައުމަށްޓަކައި، ފިހެ ނިމެން 2 ނުވަތަ 3 މިނެޓަށް ވުމުން އަވަނުގެ ބްރޮއިލަރ ޖައްސާށެވެ.
