ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސެންޓު ސީރީޒް: ލަޠާފާ ޕާފިއުމްސްގެ “ފަޚަރު ބްލެކް”
މުނިއަވަސް ގްރެފިކްސް

މިފަހަރު މި ބަލާލަނީ ޒަމާނީ ފިރިހެންވަންތަކަން ރަމްޒުކޮށްދޭ މީރުވަހަކަށެވެ. މިއީ މޭވާގެ ފޮނިކަމާއި، ހަވާދުގެ ވަހާއި، އަދި ލަކުޑީގެ ހޫނުކަން އެކުލެވޭ ތަފާތު ވަހެކެވެ.

ލަޠާފާ ޕާފިއުމްސްގެ “ފަޚަރު ބްލެކް” އަކީ 2022 ވަނަ އަހަރު ބާޒާރަށް ނެރުނު “ވުޑީ އެރޮމެޓިކް” ގިންތީގެ ސެންޓެކެވެ. ފިރިހެންވަންތަ، ސްޓައިލިޝް، އަދި ކޮންމެ ފަދަ މާހައުލަކާވެސް ގުޅޭ މި ސެންޓަކީ ތާޒާކަމާއި ފުންމިން އެކުލެވޭ ވަހެއް ކަމުން، މިއީ އާންމު ދިރިއުޅުމުގައާއި ޚާއްސަ މުނާސަބަތުތަކުގައި ބޭނުންކުރުމަށް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ސެންޓެކެވެ.

މި ސެންޓު އިޚްތިޔާރު ކުރަންވީ ކީއްވެ؟

ފަޚަރު ބްލެކަކީ ތާޒާ ވަހެކެވެ. ނަމަވެސް މިއީ އާދައިގެ ވަހެއް ނޫނެވެ. މިއީ ޒުވާންކަމުގެ ރޫޙާއި ޝާހީކަން އެކުލެވޭ ސެންޓެކެވެ. ރަސްމީ ބައްދަލުވުންތަކަށް ބޭނުންކުރަން ފެންވަރު ރަނގަޅުވުމުގެ އިތުރުން، އާންމު ދިރިއުޅުމުގެ ކަންކަމުގައި ބޭނުންކުރުމަށްވެސް މިއީ ވަރަށް ހިތްގައިމު ވަހެކެވެ.

ވަހުގެ އެކުލެވުން

● ފުރަތަމަ ދުވާ ވަސް: އާފަލު، ބާގަމޮޓް އަދި އިނގުރު
● މެދުތެރެއިން ދުވާ ވަސް: ލެވެންޑާ، ސޭޖް، ޖޫނިޕާ ބެރީސް އަދި ގެރޭނިއަމް
● ފަހުން ހަރުލާފައި ހުންނަ ވަސް: ޓޮންކާ ބީން، ސީޑާ، އެމްބަރވުޑް އަދި ވެޓިވާ

ސެންޓު ޖެހުމާއެކު އާފަލާއި، ބާގަމޮޓް އަދި އިނގުރުގެ ވަހުން ހިތް ތާޒާކޮށްދެއެވެ. ވަގުތުކޮޅެއް ފާއިތުވުމުން ލެވެންޑާ އާއި އެހެނިހެން މާތަކުގެ ސަބަބުން ސާފުތާހިރު އަދި ޝާހީ ވަހެއް އިޙުސާސްކޮށްދެއެވެ. އެންމެ ފަހުން ހަރުލާފައި ހުންނަނީ ޓޮންކާ ބީން އާއި ލަކުޑީގެ ބާވަތްތަކުގެ ހޫނު އަދި ފިރިހެންވަންތަ ވަހެކެވެ.

މިވެސް ކިޔާލަން:  ސެންޓު ސީރީޒް: ގްލޮސިއަރ ޔޫ

ވަސް ފެތުރޭ މިންވަރާއި ދެމިހުންނަ ވަގުތު

● ވަސް ފެތުރޭ މިންވަރު: މެދުމިންވަރަކުން ގަދައަށް – މިއީ ސެންޓު ޖަހާ މިންވަރަށާއި ހަމުގެ ބާވަތަށް ބިނާވާ ކަމެކެވެ.
● ވަސް ދެމިހުންނަ ވަގުތު: އާންމު ގޮތެއްގައި 6 އާއި 10 ގަޑިއިރާ ދެމެދު – މިއީ މޫސުމާއި ހަމުގެ ބާވަތަށް ބަލައި ބަދަލުވެދާނެ ވަގުތެކެވެ.

ފަޚަރު ބްލެކަކީ މާ މަތިމައްޗަށް ވަސް ފެތުރިގެން ނުދިޔަ ނަމަވެސް، ކައިރީގައި ތިބޭ މީހުންނަށް އޭގެ މީރުވަސް ވަރަށް ބޮޑަށް އިޙުސާސްކޮށްދޭ ސެންޓެކެވެ.

މި ސެންޓު ކަމުދާނީ ކޮން ބަޔަކަށް؟

● ތާޒާ އަދި ފިރިހެންވަންތަ ވަސްތަކަށް ލޯބިކުރާ މީހުންނަށް
● މޭވާގެ ވަހާއި ލަކުޑީގެ ވަސް އެކުލެވޭ ސެންޓު ބޭނުންވާ މީހުންނަށް
● ވަޒީފާއަށާއި، ބޭރަށް ދާއިރު އަދި ރޭގަނޑުގެ މުނާސަބަތުތަކަށް އެއް ސެންޓެއް ބޭނުންކުރަން ބޭނުންވާ މީހުންނަށް
● މަޝްހޫރު ޑިޒައިނާ ސެންޓުތަކާ އެއްވަރުގެ، އަގުހެޔޮ ސެންޓެއް ހޯދާ މީހުންނަށް.

ސެންޓު ޖެހުމުގެ އިރުޝާދެއް

● ވަސް އިތުރަށް ފޮނިކޮށްލަން ބޭނުންނަމަ ވެނީލާ ވަސް އެކުލެވޭ ސެންޓަކާއެކު ޖަހާށެވެ.
● މަޑުމައިތިރި ވަހެއް ބޭނުންނަމަ މަސްކް ވަސް އެކުލެވޭ ސެންޓަކާ އެކުލަވާލާށެވެ.
● ލަކުޑީގެ ވަސް ގަދަކުރަން ބޭނުންނަމަ “ވުޑީ” ސެންޓަކާއެކު ބޭނުންކުރާށެވެ.

ލަޠާފާގެ “ފަޚަރު ބްލެކް” އަކީ ތާޒާކަމާއި، ޝާހީކަން އަދި ހޫނުކަން އެއްކޮށްލައިގެން އުފައްދާފައިވާ ވަރަށް ފުރިހަމަ ސެންޓެކެވެ. މިއީ ކޮންމެފަދަ ވަގުތެއްގައިވެސް ބޭނުންކޮށްލަން އެންމެ އެކަށީގެންވާ އެއް ސެންޓެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދޭ، ތަފާތު ވަހެއް ތަޖުރިބާކޮށްލަން ބޭނުންނަމަ “ފަޚަރު ބްލެކް” އަކީ އެންމެ ރަނގަޅު އިޚްތިޔާރެވެ.

މިވެސް ކިޔާލަން:  ސެންޓް ސީރީޒް: ވައި.އެސް.އެލް "ލިބްރާ ބެރީ ކްރަޝް"
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top