ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ވިޓަމިން ސީ ބޭނުންކުރުމުން ކޯޓިޒޯލްގެ މިންވަރު ދަށްކޮށްދީފާނެތަ؟ 
މުނިއަވަސް ގްރެފިކްސް

“ސްޓްރެސް އެންޑް ހެލްތު” މަޖައްލާގައި 2024 ވަނަ އަހަރު ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ދިގު މުއްދަތަކަށް ނަފްސާނީ ފިއްތުންތަކާ (ސްޓްރެސް) ކުރިމަތިލާންޖެހުމުގެ ސަބަބުން ހޯރމޯންގެ މައްސަލަތައް ދިމާވާ ބައެއް އަންހެނުންގެ ހަށިގަނޑުގައި އިތުރުވެފައިވާ ކޯޓިޒޯލްގެ މިންވަރު، ވިޓަމިން ސީ ސަޕްލިމެންޓް ބޭނުންކުރުމުން ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ.

ނަރީން ބެގްލާރްޔަން، ގަގިކް ހަކޯބްޔަން އަދި އެޑްވާޑް ނަޒަރެޓްޔަން އިސްވެ ތިއްބަވައި ކުރިއަށްގެންދެވި މި ދިރާސާގައި، ސްޓްރެސްގެ ސަބަބުން ހޯރމޯންގެ މިންވަރު އާދަޔާ ޚިލާފަށް ހުރި 69 އަންހެނުން ބައިވެރިކޮށްފައިވެއެވެ. ދެ މަސްދުވަހުގެ މުއްދަތަށް ދުވާލަކު 1،000 މިލިގްރާމްގެ ވިޓަމިން ސީ ބޭނުންކުރި ބައިވެރިންގެ ހަށިގަނޑުން ކޯޓިޒޯލްގެ މިންވަރު ދަށްވެފައިވާކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން، ސްޓްރެސްއާ ގުޅުންހުރި އެހެން ހޯރމޯންއެއް ކަމަށްވާ DHEA-S ގެ މިންވަރަށް ވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށާއި (އެންޓިއޮކްސިޑަންޓް ޕްރޮޓެކްޝަން) އެޑްރީނަލް ގްލޭންޑްތަކުގެ މަސައްކަތްތައް ފުރިހަމައަށް ބެހެއްޓުމަށް ބޭނުންތެރި މުހިންމު މާއްދާއެކެވެ. އެޑްރީނަލް ގްލޭންޑުން އުފައްދާ ކޯޓިޒޯލް ހޯރމޯންއަކީ، ހަށިގަނޑުގެ މެޓަބޮލިޒަމް އާއި ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމުގެ އިތުރުން، ސްޓްރެސްއަށް އިޖާބަދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ނަމަވެސް، ކޯޓިޒޯލްގެ މިންވަރު ދާއިމީގޮތެއްގައި އާދަޔާ ޚިލާފަށް މަތިވެފައި ހުންނަނަމަ، ޑޮކްޓަރީ އެހީތެރިކަން ހޯދަންޖެހެއެވެ.

މި ދިރާސާ ކުރި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ނަތީޖާއަކީ ހުރިހާ އެންމެންގެ ކޯޓިޒޯލްގެ މިންވަރު ވިޓަމިން ސީއިން ދަށްކޮށްދޭނެކަމުގެ ހެއްކެއް ނޫނެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ވަކި ޚާއްސަ ހާލަތްތަކެއްގައި ތިބި މަދު ބަޔަކަށް އަމާޒުކޮށްގެން ކަމަށްވާތީ، މިކަން ކަށަވަރުކުރުމަށްޓަކައި އިތުރު ފުޅާ ދިރާސާތަކެއް ބޭނުންވެއެވެ.

މިވެސް ކިޔާލަން:  ނިދަން އޮށޯތުމުގެ ކުރިން މި ތަކެތި ނުކާތި!

މި ދިރާސާގައި ދުވާލަކު 1،000 މިލިގްރާމް ބޭނުންކޮށްފައިވީ ނަމަވެސް، މިއީ އެންމެންނަށް ދެވޭ އާންމު އިރުޝާދެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. ގިނަ މީހުންނަށް ބޭނުންވާ މިންވަރަށް ވިޓަމިން ސީ ހަމަހަމަ ކާނާގެ ނިޒާމެއްގެ ތެރެއިން ލިބިގަނެވޭނެއެވެ. އަދި ގިނަ އަދަދަކަށް ސަޕްލިމެންޓް ބޭނުންކުރުމަކީ ހަޖަމުކުރުމުގެ ނިޒާމަށް މައްސަލަތައް ދިމާވެދާނެ ކަމެއް ކަމަށްވާތީ، މިއީ ހުރިހާ އެންމެންނަށް އެންމެ އެކަށީގެންވާ ގޮތަކަށް ނުވެދާނެއެވެ.

ސްޓްރެސްގެ ސަބަބުން ކޯޓިޒޯލްގެ މިންވަރު މަތިވެފައިވާ ބައެއް އަންހެނުންނަށް ވިޓަމިން ސީގެ ސަބަބުން ފައިދާ ކުރި ނަމަވެސް، މިއީ އާންމު ފަރުވާއެއްގެ ގޮތުގައި ބޭނުންކުރުމަށް އިތުރު ހެކިތައް ބޭނުންވެއެވެ. ސްޓްރެސް މެނޭޖްކުރުމުގައި ފުރިހަމަ ނިދި، ޤަވާއިދުން ކަސްރަތުކުރުން، ސިއްޙަތަށް ފައިދާހުރި ކާނާ ބޭނުންކުރުން އަދި އެކަށީގެންވާ ސިއްޙީ ފަރުވާ ހޯދުމަކީ އަދިވެސް އެންމެ މުހިންމު ކަންތައްތަކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top