ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) 2026 ގެ ދެ ކެޓަގަރީއަކުން ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނޮމިނޭޓްވެއްޖެއެވެ.
މިއަހަރުގެ އެވޯޑުގައި ވީއައިއޭ ނޮމިނޭޓްވެފައިވަނީ:
1- ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026
2- ވޯލްޑްސް ލީޑިންގ އެއާޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026
މި ދެ ކެޓަގަރީން ވީއައިއޭ ނޮމިނޭޓްވުމަކީ، އެއާޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ދަތުރުވެރިންނަށް ފަސޭހަ އަދި ހިތްހަމަޖެހޭ މާހައުލެއް ގާއިމުކޮށްދިނުމަށް މުޅި އެއާޕޯޓުގެ ޓީމުތަކުން ގުޅިގެން ކުރަމުންދާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރެވިގެން ދިޔަ ކަމެކެވެ.
މި ޝަރަފުވެރި އެވޯޑުތައް ރާއްޖެއަށް ކާމިޔާބު ކުރުމަށްޓަކައި، އެންމެހައި މުވައްޒަފުންނާއި، ޢާއިލާތަކާއި، ރައްޓެހިން އަދި އާންމު ރައްޔިތުންގެ އެއްބާރުލުމާއި ވޯޓު ވީއައިއޭއަށް މިހާރު ވަނީ ނުހަނު ބޭނުންވެފައެވެ. އެހެންކަމުން، މި ދެ ކެޓަގަރީންވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވޯޓު ދެއްވައި، މި ލިންކުތައް ވީހާވެސް ގިނަ ފަރާތްތަކާ ހިއްސާކުރުމަށް އެއާޕޯޓް އޮޕަރޭޓަރުން އެދެއެވެ.
ވޯޓު ދެއްވުމަށް ތިރީގައިވާ ލިންކުތައް ބޭނުންކުރައްވާ:
– ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026 އަށް ވޯޓު ދެއްވުމަށް:
https://www.worldtravelawards.com/vote-for-velana-international-airport-maldives-worlds-leading-airport-2026
– ވޯލްޑްސް ލީޑިންގ އެއާޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026 އަށް ވޯޓު ދެއްވުމަށް:
https://www.worldtravelawards.com/vote-for-velana-international-airport-maldives-worlds-leading-airport-customer-experience-2026
ވޯޓު ދެއްވާނެ ގޮތް:
1- މަތީގައިވާ ލިންކަށް ފިއްތަވާލައްވާށެވެ.
2- ލިސްޓުން ‘Velana International Airport’ ޚިޔާރުކުރައްވާށެވެ.
3- އީމެއިލް އެޑްރެސް ބޭނުންކުރައްވައިގެން ރަޖިސްޓްރީ ކުރައްވާ، “Travel Industry Voter” ފޮށީގައި ފާހަގަ ޖައްސަވާށެވެ.
4- އީމެއިލަށް އަންނަ ވެރިފިކޭޝަން މެއިލް މެދުވެރިކޮށް ވޯޓު ކަށަވަރުކުރައްވާށެވެ.
ކޮންމެ ވޯޓަކީވެސް މި ކާމިޔާބީ ހާސިލުކުރުމަށް ނުހަނު މުހިންމު ވޯޓެކެވެ. އެއް ޓީމެއްގެ ގޮތުގައި އެންމެން އެކުވެރިކަމާއެކު މަސައްކަތްކޮށް، ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން ވިދާލުމުގެ ފުރުސަތު ހޯދައިދިނުމަކީ ގައުމީ ފަޚުރެކެވެ.
ވޯޓް ދެއްވުމަށް، މި އާޓިކަލްގެ ކަވަރ ފޮޓޯގައިވާ ކިޔުއާރް ކޯޑްތައް ސްކޭންކޮށްގެންވެސް ކުރިއަށް ގެންދެވޭނެއެވެ.
