ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަހާން ޕާންޑޭ އާއި ޝަރުވަރީ ކުޅޭ އާ ފިލްމަކީ “ބޭޕަރުވާ”

އަހާން ޕާންޑޭ އާއި ޝަރުވަރީ މުހިންމު ރޯލުތަކުން ފެނިގެންދާ ޔަޝް ރާޖް ފިލްމްސް (ވައި.އާރު.އެފް) ގެ އާ ފިލްމަށް “ބޭޕަރުވާ” ގެ ނަން ދީފިއެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި ރޮމޭންޓިކް އެކްޝަން ޑްރާމާ ސިނަމާތަކަށް އަންނާނީ 26 މާރިޗު 2027 ގައެވެ.

ޔަޝް ރާޖް ފިލްމްސްއިން ވަނީ އަހާން ޕާންޑޭ އާއި ޝަރުވަރީ އެކުގައި ފެނިގެންދާ މި ފިލްމުގެ ނަން ރަސްމީކޮށް އިޢުލާންކޮށްފައެވެ. އޮކްޓޯބަރު 26 ވަނަ ދުވަހު ފިލްމުގެ ޓީޒާ ޕޯސްޓަރާއެކު “ބޭޕަރުވާ” ގެ ނަން ހާމަކުރިއިރު، މީގެ ކުރިން މި ފިލްމު އުފައްދާނެކަން އޮތީ އިޢުލާންކޮށްފައެވެ. ނަމަވެސް ފިލްމުގެ ނަން މިއަދާ ހަމައަށް އޮތީ ސިއްރުކުރެވިފައެވެ.

މި ފިލްމަކީ އަހާން ޕާންޑޭ އާއި ޝަރުވަރީ އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. މި އާ ޖޯޑާއެކު ފެނިގެންދާނީ ލޯތްބާއި ފޯރިގަދަ އެކްޝަން ހިމެނޭ ތަފާތު ވާހަކައެކެވެ.

މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު އަލުން ޔަޝް ރާޖް ފިލްމްސް އާއެކު މަސައްކަތް ފަށާ ފިލްމުވެސް މެއެވެ. މީގެ ކުރިން އޭނާ ވަނީ އެ ޕްރޮޑަކްޝަން ހައުސްގެ ކާމިޔާބު ފިލްމުތައް ކަމަށްވާ “ސުލްތާން” އާއި “ޓައިގަރ ޒިންދާ ހޭ” ޑައިރެކްޓްކޮށްފައެވެ.

މިވެސް ކިޔާލަން:  ޓީވީ ޝޯވއެއް ހުށަހަޅައިދޭން ވަރަށް ޝައުޤުވެރިވޭ: ސައިފް އަލީ ޚާން
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top