ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އުމުރުން ދުވަސްވަމުންދާ މިންވަރު ދެނެގަތުމަށް ފަސޭހަ ޓެސްޓެއް: އިށީނދެ ތެދުވުމުގެ ޓެސްޓު

އިންސާނާގެ އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަށިގަނޑުގެ ދުޅަހެޔޮކަމާއި ބާރު ހުރި މިންވަރު ވަޒަންކޮށްލުމަށްޓަކައި ޑޮކްޓަރުންނާއި ސިއްޙީ މާހިރުން އާދައިގެ ނަމަވެސް ވަރަށް މުހިންމު ޓެސްޓެއް ބޭނުންކުރަން ފަށައިފިއެވެ. “ސިޓް-ޓޫ-ސްޓޭންޑް” ނުވަތަ އިށީނދެ ތެދުވުމުގެ މި ޓެސްޓަކީ އެއްވެސް ޚާއްސަ އާލާތަކާނުލައި، ކޮންމެ މީހަކަށްވެސް ގޭގައި ފަސޭހަކަމާއެކު ހަދައިލެވިދާނެ ޓެސްޓެކެވެ.

ބީބީސީގައި ޝާއިއުކޮށްފައިވާ ދިރާސީ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ޓެސްޓުން ބަލަނީ ގޮނޑިއެއްގައި އިށީނުމަށްފަހު، އަތުގެ އެހީތެރިކަމާނުލައި ކިތައް ފަހަރު ކޮޅަށް ތެދުވެވޭތޯއެވެ. އާންމުގޮތެއްގައި މި ޓެސްޓު ހަދަނީ 30 ސިކުންތުގެ ތެރޭގައި ތެދުވެވޭ އަދަދު ބަލައިގެން ނުވަތަ ވިދިވިދިގެން ފަސް ފަހަރު ތެދުވެ އިށީނުމަށް ހޭދަވާ ވަގުތު ބަލައިގެންނެވެ.

މި ޓެސްޓުގެ މައިގަނޑު ބޭނުމަކީ އުމުރުން ދުވަސްވުމުގެ ސަބަބުން މަސްތަކުގެ ބާރާއި، ހުޅުތަކުގެ ދުޅަހެޔޮކަން އަދި ހަށިގަނޑުގެ ބެލެންސް ހުރި މިންވަރު ދެނެގަތުމެވެ. މާހިރުން ފާހަގަކުރާ ގޮތުގައި، އުމުރުން ދުވަސްވާ ވަރަކަށް ފައިގެ މަސްތަކުގެ ވަރުދެރަވުމަކީ ވެއްޓުމުގެ ފުރުސަތު ބޮޑުކޮށް، ދިރިއުޅުމުގެ ފެންވަރު ދަށްކޮށްލާ ކަމެކެވެ. އެހެންކަމުން، މި ޓެސްޓުން ލިބޭ ނަތީޖާއިން މީހެއްގެ ޖިސްމާނީ ދުޅަހެޔޮކަން ހުރި މިންވަރާއި، ކުރިމަގުގައި ދިމާވެދާނެ ސިއްޙީ ނުރައްކާތައް ދުރާލާ ވަޒަންކޮށްލެވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް އިރުޝާދު ދެނީ ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކުރުމަށެވެ. މިފަދަ ޓެސްޓުތަކުގެ އެހީގައި ތިމާގެ ހަށިގަނޑުގެ ބާރު ދެނެގަނެ، ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުން އިތުރުކުރުމަކީ އުމުރުން ދުވަސްވީ ނަމަވެސް ސިއްޙަތު ރަނގަޅު، އުފާވެރި ދިރިއުޅުމެއް ވޭތުކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

މިވެސް ކިޔާލަން:  މުޅި އުމުރަށް ދެމިގެންދާ ސެލިއުލާ ގުޅުމެއް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top