ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްޓެލްކޯ އާއި އެޑިޔުކޭޝަން ފެށީ މޮޅަކުން
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިންޓަރ އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2026 ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުން މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އަދި ދެވަނަ މެޗުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) މޮޅުވެއްޖެ އެވެ.

އިއްޔެ ހަވީރު ފެށި މި މުބާރާތުގައި ފަސް އިދާރާއަކުން ޓީމު ވަނީ ބައިވެރިވެފަ އެވެ. އެ އިދާރާތަކަކީ މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސްގެ އިތުރުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސް އެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ސްޓެލްކޯ ކާމިޔާބުކުރީ ސީދާ ތިން ސެޓުން ނެވެ. މެޗުގެ ފުރަތަމަ ސެޓްގައި ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނެގިފައެއް ނުވެ އެވެ. މި ސެޓް ސްޓެލްކޯ ކާމިޔާބުކުރީ 25-21 އިން ނެވެ.

ދެވަނަ ސެޓުން ސްޓެލްކޯއިން ވަނީ ފުރަތަމަ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މި ސެޓް ސްޓެލްކޯ ކާމިޔާބުކުރީ 25-18 އިން ނެވެ. ފުރަތަމަ ދެ ސެޓްގައި ދެއްކި ކުޅުން ތިންވަނަ ސެޓްގައި ޔޫތު މިނިސްޓްރީއަށް ނުދެއްކުނެވެ. ސެޓަކަށްވުރެ ސެޓެއް މޮޅަށް ކުޅުނު ސްޓެލްކޯއިން މި ސެޓް ކާމިޔާބުކުރީ 25-15 އިން ނެވެ.

މިވެސް ކިޔާލަން:  އެމްއޭސީއެލް އާއި ޕޮލިސް ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި  

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ސިރުހާން އަލީ އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އާއި މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.

ދެވަނަ މެޗު ވެގެން ދިޔައީ ފުރަތަމަ މެޗަށްވުރެ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މެޗަކަށެވެ. މި މެޗުގެ ފުރަތަމަ ސެޓް އެޑިޔުކޭޝަން މިނިސްޓްރީއިން ކާމިޔާބުކުރީ 25-21 އިން ނެވެ. ދެވަނަ ސެޓްގައި އެޑިޔުކޭޝަން މިނިސްޓްރީއިން ފުރަތަމަ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ސެޓްގައި އެމްއޭސީއެލްގެ ކުޅުން ފެނުނީ ކުރީ ސެޓަށްވުރެ ދަށްކޮށެވެ. މި ސެޓް އެޑިޔުކޭޝަން މިނިސްޓްރީއިން ކާމިޔާބު ކުރީ 18-25 އިން ނެވެ.

ތިންވަނަ ސެޓަކީ މެޗުގައި ފެނުނު އެންމެ ތަފާތު ސެޓެވެ. ކުރިން ދެ ސެޓްގައި މޮޅު ކުޅުމެއް ދެއްކި އެޑިޔުކޭޝަން މިނިސްޓްރީގެ މައްޗަށް އެމްއޭސީއެލްއިން ކުރިހޯދީ އެ ޓީމަށް 20 ޕޮއިންޓް ދީފަ އެވެ. ފޯރިގަދަވި ހަތަރުވަނަ ސެޓްގައި އެޑިޔުކޭޝަން މިނިސްޓްރީއިން އަނެއްކާ ވެސް ވަނީ ތަފާތު ދައްކައިފަ އެވެ. މި ސެޓް އެޑިޔުކޭޝަނުން ކާމިޔާބުކުރީ 25-20 އިން ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓްގެ ލިންސް ތަންކަޗަން އެވެ.

މި މުބާރާތުގެ މެޗެއް މިއަދު ހަވީރު ވެސް ކުޅެފައިވާއިރު އެ މެޗުގައި ބައްދަލިކުރީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އެވެ. މިރޭގެ މެޗުގައި ބައްދަލުކުރަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސް އާއި މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.

މިވެސް ކިޔާލަން:  އެމްއޭސީއެލް އާއި ޕޮލިސް ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި  
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top