ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ޗޮކްލެޓް ޕީނަޓް ބަޓަރ މޫސް ކޭކް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 40 މިނެޓް
⏱️ ފިނިކުރަން ބަހައްޓަންޖެހޭ ވަގުތު: 7 ގަޑިއިރު
⏱️ ޖުމްލަ ހޭދަވާނެ ވަގުތު: 7 ގަޑިއިރު 40 މިނެޓް
🍽️ ތައްޔާރުކުރެވޭ މިންވަރު: 1 ކޭކް (9 އިންޗީގެ ބޮޑުމިން)

🛒 ބޭނުންވާ ތަކެތި:

ޗޮކްލެޓް ކުކީ ކްރަސްޓް ތައްޔާރުކުރުމަށް:

● 170 ގްރާމް ޗޮކްލެޓް ވެފަރ ނުވަތަ ޗޮކްލެޓް ޑައިޖެސްޓިވް ބިސްކޯދު ކުނޑި
● 85 ގްރާމް އަންސޯލްޓެޑް ބަޓަރު (ދިޔާކޮށްފައި)

ޕީނަޓް ބަޓަރ މޫސް ތައްޔާރުކުރުމަށް:

● 120 ގްރާމް ކްރީމް ޗީޒް (މަޑުކޮށްފައި ހުރި)
● 2 ސައިސަމުސާ އަންސޯލްޓެޑް ބަޓަރު (މަޑުކޮށްފައި ހުރި)
● 145 ގްރާމް އައިސިން ޝުގަރ (ފުރާނާފައި ހުރި)
● 200 ގްރާމް ކްރީމީ ޕީނަޓް ބަޓަރު
● ¼ ސައިސަމުސާ ލޮނު
● 600 މިލިލީޓަރު ހެވީ ކްރީމް (ޕީނަޓް ބަޓަރ އަދި ޗޮކްލެޓް މޫސްއަށް ބޭނުންވާނެ ޖުމްލަ މިންވަރު)

ޗޮކްލެޓް މޫސް ތައްޔާރުކުރުމަށް:

● 140 ގްރާމް ބިޓަރސްވީޓް ޗޮކްލެޓް (ކުދިކޮށް ކޮށާފައި)
● 100 ގްރާމް މިލްކް ޗޮކްލެޓް (ކުދިކޮށް ކޮށާފައި)
● 80 މިލިލީޓަރު ކިރު
● 1 ސައިސަމުސާ ވެނީލާ އެސެންސް

ޗޮކްލެޓް ގަނާޝް ތައްޔާރުކުރުމަށް:

● 120 ގްރާމް ބިޓަރސްވީޓް ޗޮކްލެޓް (ކުދިކޮށް ކޮށާފައި)
● 120 މިލިލީޓަރު ހެވީ ކްރީމް

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – 9 އިންޗީގެ ސްޕްރިންގްފޯމް ޓްރޭއެއްގެ އަޑީގައާއި އަރިމަތީގައި ކުޑަ ބަޓަރުކޮޅެއް އުނގުޅާލާށެވެ. ބޭނުންކުރާ ޓްރޭއަކީ މަދުވެގެން 3 އިންޗި އުސް ޓްރޭއަކަށް ވާންވާނެއެވެ.

2 – ބިސްކޯދު ކުނޑިތަކާއި ދިޔާކުރި ބަޓަރު އެއްކޮށްލާށެވެ. މި މިކްސްޗަރ ޓްރޭގެ އަޑީގައި ރަނގަޅަށް ފަތުރާލައި އޮބާލުމަށްފަހު، ޕީނަޓް ބަޓަރ މޫސް ތައްޔާރުވަންދެން ފްރިޖުގައި ބަހައްޓާށެވެ. (އިތުރަށް މުރަނަކުރަން ބޭނުންނަމަ، 180 ޑިގްރީ ސެލްސިއަސްގައި 7-8 މިނެޓް ވަންދެން އަވަންގައި ފިހެލެވިދާނެއެވެ. ފިހެފިނަމަ، މޫސް އެޅުމުގެ ކުރިން މުޅިން ފިނިވަންދެން ބަހައްޓަންވާނެއެވެ.)

3 – އިލެކްޓްރިކް މިކްސަރެއް ބޭނުންކޮށްގެން ކްރީމް ޗީޒްކޮޅު ރަނގަޅަށް ގިރާލާށެވެ. ދެން އޭގެ ތެރެއަށް މަޑުކޮށްފައި ހުރި ބަޓަރު އަޅައި މިނެޓެއްހާއިރު ގިރާލުމަށްފަހު، އައިސިން ޝުގަރ، ޕީނަޓް ބަޓަރު އަދި ލޮނު އަޅައި އެއްކޮށްލާށެވެ.

4 – ވަކި ތަށްޓެއްގައި ހެވީ ކްރީމްކޮޅު އޮލަވަންދެން ގިރާލާށެވެ. ދެން އޭގެ ތެރެއިން 1 ޖޯޑު ކްރީމް ޕީނަޓް ބަޓަރު މިކްސްޗަރަށް އަޅައި މަޑުމަޑުން އެއްކޮށްލާށެވެ. އޭގެ ފަހުން އަނެއްކާވެސް 1 ½  ޖޯޑު ކްރީމް އަޅައި އެއްކޮށްލާށެވެ. ބާކީ ހުރި ކްރީމްކޮޅު ޗޮކްލެޓް މޫސްއަށް ބޭނުންކުރުމަށް ފްރިޖުގައި ބަހައްޓާށެވެ.

5 – ތައްޔާރުކުރި ޕީނަޓް ބަޓަރ މޫސް، ކުރިން ހެދި ކްރަސްޓްގެ މަތީގައި އޮމާންކޮށް ފަތުރާލާށެވެ. އަދި ޗޮކްލެޓް މޫސް ތައްޔާރުވަންދެން ފްރިޖަށް ލާށެވެ.

6 – ޗޮކްލެޓާއި ކިރު އެއްކޮށްލުމަށްފަހު މައިކްރޯވޭވް ނުވަތަ ޑަބަލް ބޮއިލަރެއް ބޭނުންކޮށްގެން ދިޔާކޮށްލާށެވެ. ދެން އޭގެ ތެރެއަށް ވެނީލާ އެސެންސް އަޅައި އެއްކޮށްލުމަށްފަހު 5 މިނެޓް ވަންދެން ފިނިކުރަން ބަހައްޓާށެވެ.

7 – ބާކީ ހުރި ކްރީމްގެ ދެބައިކުޅަ އެއްބައި ޗޮކްލެޓްގެ ތެރެއަށް އަޅައި މަޑުމަޑުން އެއްކޮށްލާށެވެ. އެއަށްފަހު ބާކީ ހުރި ބައިވެސް އަޅައި އެއްކޮށްލުމަށްފަހު، ޕީނަޓް ބަޓަރ މޫސްގެ މަތީގައި ފަތުރާލާށެވެ. ދެން ކޭކް ފްރިޖް ނުވަތަ ފްރީޒަރުގައި އެއް ގަޑިއިރު ވަންދެން ބަހައްޓާށެވެ.

8 – ޗޮކްލެޓާއި ކްރީމް އެއްކޮށް ދިޔާކޮށްލުމަށްފަހު ކޭކުގެ މަތީގައި ރީތިކޮށް ފަތުރާލާށެވެ.

9 – ކޭކް ފްރިޖުގައި މަދުވެގެން 6 ގަޑިއިރު ވަންދެން ބަހައްޓާށެވެ.

10 – ހޫނު ފެނުން ތެންމާފައި ހުރި ވަޅިއެއް ބޭނުންކޮށްގެން ކޭކުގެ އަރިމަތިތައް ނައްޓާލާށެވެ. މި ކޭކް ސާރވް ކުރަންވާނީ ފިނިކޮށް ހުއްޓައެވެ.

އިތުރު އިރުޝާދެއް:

  • މި ކޭކް ފްރިޖުގައި 5 ދުވަސް ވަންދެން ބެހެއްޓޭނެއެވެ.
  • ޕީނަޓް ބަޓަރ މޫސްގައި ގަނޑު ހުރިނަމަ، ފުރޭންޏަކުން ފުރާނާލާށެވެ. ނުވަތަ ބްލެންޑަރަކުން ގިރާލާށެވެ. މިއީ އާންމުކޮށް ކްރީމް ޗީޒް އެކަށީގެންވާ ވަރަށް މަޑުނުވުމުން ދިމާވާ ކަމެކެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top