ދިވެހި ފިލްމު “ދެވި” އިން ގިނަ ބައެއްގެ ހިތްތައް އަތުލައި، ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އަސަރުގަދަ ލަވަ “ޖަޒުބާތު”ގެ ރަސްމީ ވީޑިއޯ ލަވަ މިއަދު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. މި ވީޑިއޯ ލަވަ ބެލުންތެރިންނަށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ޔާރާ ޕްރޮޑަކްޝަންސްގެ ރަސްމީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ.
View this post on Instagram
ޔާރާ ޕްރޮޑަކްޝަންސްގެ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި، ގިނަ ބަޔަކު ދިގު އިންތިޒާރެއް ކުރަމުން އައި މި ލަވައަކީ “ދެވި” ފިލްމުގެ އެންމެ މަގުބޫލު އެއް ލަވައެވެ. ލޯތްބާއި ޖަޒުބާތުން ފުރިގެންވާ މި ލަވައިގެ ވީޑިއޯއާއެކު، ބެލުންތެރިން އަނެއްކާވެސް އެ ލޯބީގެ އިހުސާސްތަކުގެ ތެރެއަށް ގެންގޮސްދޭނެ ކަމަށް ޔާރާ ޕްރޮޑަކްޝަނުން ބުނެފައިވެއެވެ.
ފިލްމު ރިލީޒްވި ދުވަސްވަރުން ފެށިގެން ވެސް އާންމުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ލަވައިގެ ވީޑިއޯ ފެނިގެންދާނެ ގޮތަކާމެދު ފިލްމީ ދާއިރާއަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު އަންނަނީ ޝައުގުވެރިކަމާއެކު އިންތިޒާރު ކުރަމުންނެވެ.
