ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮޅުނބު ކަޕް 2026 ކާމިޔާބުކަމާއެކު ނިންމާލައި، ތަށި ދިފާޢުކޮށް ޖޭޖޭ ސްޕޯޓްސް ކްލަބުން ތާރީޚު ލިޔެފި

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފުޓްސަލް ފޯރިގަދަ މުބާރާތް “ކޮޅުނބު ކަޕް 2026” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދައި، ތަށި ދިފާޢުކުރީ މިދިޔަ އަހަރުގެ ވެސް ޗެމްޕިއަން ޓީމު ކަމަށްވާ ޖޭޖޭ ސްޕޯޓްސް ކްލަބުންނެވެ.

މި މުބާރާތް ބާއްވަމުން އަންނަތާ މިއީ ތިންވަނަ އަހަރު ކަމަށްވާއިރު، މިއަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ 16 ޓީމުގެ ބައިވެރިވުމާއެކު ދެ ދުވަހުގެ މުއްދަތަކަށެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެފައިވަނީ ލަންކާގައި ހުންނަ ދިވެހިންގެ މައި މަރުކަޒު، ސޯސަންވިލާގައެވެ.

ފޯރިގަދަ ކުޅުމަކަށްފަހު ކުޅެވުނު ފައިނަލް މެޗުގައި ޖޭޖޭ ސްޕޯޓްސް ކްލަބުން ވާދަކުރީ ވަރުގަދަ ލާސްޓް ވާރނިން އެފްސީއާއެވެ. މި މެޗު 3-0 ގެ ސާފު ނަތީޖާއަކުން ކާމިޔާބުކޮށް ޖޭޖޭ އިން ވަނީ ވިދިވިދިގެން ދެވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލާފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޗެމްޕިއަން ޖޭޖޭ ސްޕޯޓްސް ކްލަބުގެ ޝާކާ، އިންމި އަދި އެ ޓީމުގެ ކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) އެވެ. މީގެއިތުރުން ރަނަރަޕް ލާސްޓް ވޯނިން އެފްސީގެ ސަފްރާން އަދި ފަޒަލް ވެސް ވަނީ މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

ފިރިހެން ޑިވިޜަންގެ އިތުރުން، ލަންކާގައި ދިރިއުޅޭ ދިވެހި އަންހެނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ޚާއްޞަ އެކުވެރިކަމުގެ މެޗެއްވެސް މި މުބާރާތުގެ ތެރެއިން ވަނީ ބާއްވާފައެވެ. “ޓީމު ގަޑުބަޑު” އަދި “ނައިޓް ހޯކްސް” ވާދަކުރި މި ފޯރިގަދަ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީމު ގަޑުބަޑެވެ.

މިވެސް ކިޔާލަން:  ކޮޅުނބުގައި ބޭއްވި ޑިޕްލޮމެޓިކް ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން ސައުދީ އަރަބިއްޔާއިން ހޯދައިފި

ގިނަ އަދަދެއްގެ ދިވެހިންގެ ސަޕޯޓާއެކު ސޯސަންވިލާގައި ނިމިގެންދިޔަ މި މުބާރާތަކީ ލަންކާގައި ތަޢުލީމު ހާސިލުކުރަމުންދާ އަދި ދިރިއުޅެމުންދާ ދިވެހި ޒުވާނުންނާއި ޢާއިލާތަކުގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ބަދަހިވެގެންދިޔަ ފޯރިގަދަ ޙަރަކާތެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top