އެޓޯލްސް ޑްރާމާ މުބާރާތުން ތަޢާރަފުވެ ބެލުންތެރިންގެ މަގްބޫލްކަން ހޯދި ކުރީގެ ދިވެހި ފިލްމީ ތަރި ހަދީޖާ (ހައްޖަ) މަރުވެއްޖެއެވެ.
ހައްޖަގެ ފިރިމީހާ މުހައްމަދު އަސްލަމް ބުނީ ހައްޖަ ނިޔާވެފައި ވަނީ 10 ސެޕްޓެމްބަރު ވީ ހޯމަ ދުވަހުގެ ރޭ 8:35 ހާއިރު އިންޑިއާގެ އަމްރީތާ ހޮސްޕިޓަލްގައި ކަމަށެވެ.
ހައްޖަ ނިޔާވީ ލިވަރ ޓްރާންސްޕްލާންޓް ހެދުމަށް ފަހު އިންފެންޝަން އުފެދިގެން ފަރުވާދެމުން ދަނިކޮށެވެ.
އުމުރުން 40 އަހަރުގެ ހައްޖަ އަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އަސްލަމް ބުންޏެވެ.
އެޓޯލްސް ޑްރާމާ ކުޅެގެން އެވޯޑްތައް ހާސިލް ކޮށްފައިވާ ހައްޖަ ވަނީ ގިނަ ވީޑިއޯ ލަވަތަކުން ވެސް ފެނިގެން ގޮސްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




