ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދަރަނބޫދޫ އާއި ކުޑަހުވަދޫ ފެށީ މޮޅަކުން
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސެންޓްރަލް ޒޯން 2 ގައި ދަރަނބޫދޫ އާއި ކުޑަހުވަދޫ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ މުބާރާތުގެ ފެށުން މޮޅަކުން ފަށައިފި އެވެ. ދ. ކުޑަހުވަދޫގައި ކުރިޔަށްދާ ސެންޓްރަލް ޒޯން 2 ގައި ވާދަކުރަނީ ގުރޫޕް އޭގައި ހިމެނޭ ކުޑަހުވަދޫ އާއި މާއެނބޫދޫ އަދި ނިލަންދޫގެ އިތުރުން ގުރޫޕް ބީގައި ހިމެނޭ ދަރަނބޫދޫ އާއި ކެޔޮދޫ އަދި ދިއްގަރެވެ.

އިއްޔެ ފެށި ސެންޓްރަލް ޒޯން 2ގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކުޑަހުވަދޫ އާއި ނިލަންދޫ އެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނިލަންދޫ އެވެ. 9 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ރިފާން އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްކުރި ކުޑަހުވަދޫގެ އަލީ އެބްރަހިމި 12 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިން ލަނޑުން ނަތީޖާ ހަމަހަމަވިއިރު އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ ކުޑަހުވަދޫއަށް ލީޑު ނަގައިދީފަ އެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ނިލަންދޫއިން އެއްވަރުކުރި ނަމަވެސް، ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ޖުމައިލް ޖަމީލް ވަނީ ކުޑަހުވަދޫއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ ފަހު މިނިޓްގައި ރައުހާން ރިއްފަތު ވަނީ ކުޑަހުވަދޫއަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ.

2-4 އިން ކުޑަހުވަދޫ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫ ޓީމުގެ އަލީ އެބްރަހިމި އެވެ.

މިވެސް ކިޔާލަން:  ދިއްގަރު ބަލިކޮށް ވޭވަށް ފައިނަލަށް  

ސެންޓްރަލް ޒޯން 2 ގެ ދެވަނަ މެޗުގައި ބައްދަލުކުރީ ދަރަނބޫދޫ އާއި ދިއްގަރެވެ. ގުރޫޕް ބީގައި ހިމެނޭ ދަރަނބޫދޫ އާއި ދިއްގަރު ބައްދަލުކުރި މެޗުގައި ވެސް ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެކެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗު 2-0 އިން ކާމިޔާބު ކުރީ ދަރަނބޫދޫ އެވެ.

މި ޒޯންގެ ކުޅުން ދެން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެވެ. އެރޭގެ ފުރަތަމަ މެޗުގައި ކުޑަހުވަދޫ އާއި މާއެނބޫދޫ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިއްގަރާއި ކެޔޮދޫ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top