ކަރޯކޭ ރަން އަޑު 2027 ގައި ބައިވެރިވުމުގެ މުއްދަތު މިއަހަރުގެ ޑިސެމްބަރ 31 އަށް އިތުރުކޮށްފިއެވެ. ކަރޯކޭ ރަންއަޑު2027 ގެ ނަމުގައި އޯލްޑް އިސް ގޯލްޑް އަދި ޒަމާން24 ގުޅިގެން ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 15 އޮކްޓޯބަރ 2026 ގައެވެ.
18 އަހަރުން މަތީގެ ދިވެހިންނަށް އަމާޒުކޮށްބާއްވާ މި މުބާރާތުގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2027 ޖެނުއަރީ 16 ވާ ހޮނިހިރުދުވަހު ކ. ހުރާގައެވެ. މުބާރާތަށް ހޮވޭ ބައިވެރިންގެ ހުށަހެޅުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 25،24 އަދި 26 ވަނަދުވަހު މާލެ ސިޓީގައެވެ.
މި މުބާރާތުގެ އެއްވަނައަށް ތިރީސްހާސް ރުފިޔާ ދެވަނައަށް ދިހަހާސް ރުފިޔާ އަދި ތިންވަނައަށް ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ.
މުބާރާތުގައި ބައިވެރިވުމަށް 9352424 އަށް ވައިބަރ މެދުވެރިކޮށް މެސެޖުކުރެއްވޭނެއެވެ. މިމުބާރާތުގެ ފަނޑިޔާރުންގެގޮތުގައި ހަމަޖައްސާފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިންކަމުގައިވާ ޢުމަރު ޒާހިރު, ޝިފާ ތައުފީޤް އަދި ޢަބްދުއްރަޝީދު އަލީ (އަބްސީ) އެވެ.
