ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
މިލްކް ޗޮކްލެޓް ހޭޒަލްނަޓް މޫސް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 15 މިނެޓު
⏱️ ފިނިކުރަން ބަހައްޓަންޖެހޭ ވަގުތު: 2 ގަޑިއިރު
⏱️ ޖުމްލަ ހޭދަވާނެ ވަގުތު: 2 ގަޑިއިރު 15 މިނެޓު
🍽️ ތައްޔާރުކުރެވޭނެ މިންވަރު: 4 – 6 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

މޫސް ތައްޔާރުކުރުމަށް:

● 200 ގްރާމް މިލްކް ޗޮކްލެޓް
● ¼ ޖޯޑު (60 އެމްއެލް) ކިރު (ހޯލް މިލްކް)
● 1 ސައިސަމުސާ ވެނީލާ އެސެންސް
● ¼ ޖޯޑު (25 ގްރާމް) ހޭޒަލްނަޓް (ކުދިކޮށް ކޮށާފައި)
● 1 ޖޯޑު (240 އެމްއެލް) ހެވީ ކްރީމް

ޗޮކްލެޓް ހޭޒަލްނަޓް ގަނާޝް ތައްޔާރުކުރުމަށް:

● 60 ގްރާމް މިލްކް ޗޮކްލެޓް
● ¼ ޖޯޑު (60 އެމްއެލް) ހެވީ ކްރީމް
● 2 މޭޒުމަތީ ސަމުސާ ނަޓެއްލާ ނުވަތަ އެފަދަ ހޭޒަލްނަޓް ސްޕްރެޑެއް

މައްޗަށް އެޅުމަށް:

● ¼ ޖޯޑު (25 ގްރާމް) ހޭޒަލްނަޓް (ބޮޑެތިކޮށް ކޮށާފައި)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – މޫސް ތައްޔާރުކުރުން:

● ޗޮކްލެޓާއި ކިރު ބޯތަށްޓަކަށް އެޅުމަށްފަހު، މައިކްރޯވޭވް ނުވަތަ ޑަބަލް ބޮއިލާ ބޭނުންކޮށްގެން އޮމާންވަންދެން ވިރުވާލާށެވެ.
● އެއަށްފަހު ވެނީލާ އެސެންސާއި ހޭޒަލްނަޓް އެއްކޮށްލާށެވެ.
● މި މިކްސްޗަރު ހޫނުކޮށް ހުރިނަމަ، ކޮޓަރީގެ ފިނިހޫނުމިނަށް ދަންދެން ބަހައްޓާށެވެ.
● ވަކި ތަށްޓެއްގައި ހެވީ ކްރީމްކޮޅު ރަނގަޅަށް އޮމާންވެ ފޮނުއަރަންދެން ގިރާލާށެވެ.
● ދެން، ގިރާފައި ހުރި ކްރީމްގެ ދެބައިކުޅަ އެއްބައި، ކުރިން ތައްޔާރުކުރި ޗޮކްލެޓް މިކްސްޗަރުގެ ތެރެއަށް މަޑުމަޑުން އެއްކޮށްލާށެވެ.
● އެއަށްފަހު ބާކީ ހުރި ކްރީމްކޮޅުވެސް އޮމާންވަންދެން އެއްކޮށްލުމަށްފަހު، ސާވިން ތަށިތަކަށް އަޅާށެވެ.

މިވެސް ކިޔާލަން:  ޗޮކްލެޓް ހޭޒަލްނަޓް ކުކީޒް - މުނިއަވަސް ރަހަފަތް

2 – ގަނާޝް ތައްޔާރުކުރުން:

● ވަކި ތަށްޓަކަށް ޗޮކްލެޓްކޮޅު އަޅާފައި ބަހައްޓާށެވެ.
● ކުޑަ ތަވައެއްގައި ހެވީ ކްރީމްކޮޅު ކެކެން ފަށަންދެން ހޫނުކުރުމަށްފަހު، ވަގުތުން ޗޮކްލެޓްތަކުގެ މައްޗަށް އޮއްސާލާށެވެ.
● މިނެޓެއް ވަރު މަޑުކޮށްލުމަށްފަހު، ޗޮކްލެޓްތައް މުޅިން ވިރެންދެން މަޑުމަޑުން ގިރާލާށެވެ.
● ދެން ހޭޒަލްނަޓް ސްޕްރެޑް އެއްކޮށް، އޮމާންވަންދެން ގިރާލާށެވެ.
● މި މިކްސްޗަރު ހޫނުކޮށް ހުރިނަމަ، ކުޑަކޮށް ފިނިވަންދެން ބަހައްޓާށެވެ.
● އެއަށްފަހު، ކުރިން ތައްޔާރުކުރި މޫސްގެ މައްޗަށްވާ ގޮތަށް ސާވިން ތަށިތަކަށް އެއްވަރަކަށް އަޅާށެވެ.
● އެންމެ ފަހުން ބޮޑެތިކޮށް ކޮށާފައި ހުރި ހޭޒަލްނަޓްކޮޅު މައްޗަށް ބުރުވާލާށެވެ.

3 – މޫސް ރަނގަޅަށް ހަރުވުމަށްޓަކައި މަދުވެގެން 2 ގަޑިއިރު ފިނިކުރަން ބަހައްޓާށެވެ.

އިތުރު އިރުޝާދެއް:

ޕްލާސްޓިކް ރެޕް ބޭނުންކޮށްގެން ރަނގަޅަށް ނިވާކުރުމަށްފަހު، އައިސްއަލަމާރީގައި 3 ދުވަސް ވަންދެން މި މޫސް ބެހެއްޓޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top