ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ޗިކަން ސީޒާ ރެޕްސް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކޮށްލުމަށް ހޭދަވާނެ ވަގުތު: 10 މިނެޓު
⏱️ ޖުމްލަ ހޭދަވާނެ ވަގުތު: 40 މިނެޓު
🍽️ ތައްޔާރުކުރެވޭނެ މިންވަރު: 4 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

● 1 ޖޯޑު ހުދު ޕާން (ކުދިކޮށް ގޮޅިކޮށް ކޮށާފައި)
● 1 ސައިސަމުސަލާއި 1 މޭޒުމަތީ ސަމުސާ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް
● ¾ ސައިސަމުސާ ގާލިކް ޕައުޑަރު (ބައިބަޔަށް ބަހާލެވިފައި)
● ¾ ސައިސަމުސާ ކޯޝާ ލޮނު (ބައިބަޔަށް ބަހާލެވިފައި)
● ¾ ސައިސަމުސާ މުގުރި އަސޭމިރުސް (ބައިބަޔަށް ބަހާލެވިފައި)
● 225 ގްރާމް ކުކުޅު މޭމަތި މަސްގަނޑު (ދިގަށް ދެފަޅިކޮށްފައި)
● ½ ސައިސަމުސާ ހިއްކި އޮރެގާނޯ
● 1 ރޯމެއިން ލެޓިއުސް (ކޮށާފައި)
● 2 މޭޒުމަތީ ސަމުސާ – ¼ ޖޯޑު ސީޒާ ޑްރެސިންގް
● ¼ ޖޯޑު ޕާމީޒާން ޗީޒް (ގާނާފައި)
● 4 ޓޯޓީލާ ރޮށި

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އަވަން 375 ޑިގްރީއަށް ހޫނުކުރަން ޖައްސާށެވެ. އަވަން ޓްރޭއެއްގައި ޕާންކޮޅާއި، 1 ސައިސަމުސާ އޮލިވް އޮއިލް، ¼ ސައިސަމުސާ ގާލިކް ޕައުޑަރު، ¼ ސައިސަމުސާ ލޮނު އަދި ¼ ސައިސަމުސާ އަސޭމިރުސް އެއްކޮށްލާށެވެ. އެއަށްފަހު، ޕާންކޮޅުތައް ރަންކުލަ އަރައި މުރަނަވަންދެން 10 އާއި 12 މިނެޓާ ދެމެދުގެ ވަގުތަކަށް ފިހެލާށެވެ.

2 – ޕާންކޮޅު ފިހެވޭއިރު، ކުކުޅު މަސްގަނޑުގައި އޮރެގާނޯ، ބާކީ ހުރި ½ ސައިސަމުސާ ގާލިކް ޕައުޑަރު، ½ ސައިސަމުސާ ލޮނު އަދި ½ ސައިސަމުސާ އަސޭމިރުސް ހާކާލާށެވެ. ތަވައަކަށް ބާކީ ހުރި އޮލިވް އޮއިލް އަޅައި މެދުގިނީގައި ހޫނުކުރުމަށްފަހު ކުކުޅު ފިހެލާށެވެ. ކުކުޅުގެ ދެފަރާތް ރަނގަޅަށް ރަންކުލަ އަރައި، ރަނގަޅަށް ރޯފިލަންދެން ކޮންމެ ފަރާތެއް ގާތްގަނޑަކަށް 8 މިނެޓު ވަންދެން ފިހެލާށެވެ.

3 – ކުކުޅު ފިހެ ނިމުމުން ކޮށާ ފިލާގަނޑަކަށް ބަދަލުކޮށްލާށެވެ. ކުކުޅު ކުޑަކޮށް ހިހޫވުމުން ދިގުކޮށް ކޮށާލާށެވެ.

4 – ބޮޑު ބޯތަށްޓެއްގައި ކޮށި ކުކުޅު، ފިހުނު ޕާންކޮޅުތައް، ލެޓިއުސް، ޕާމީޒާން ޗީޒް އަދި ސީޒާ ޑްރެސިންގް އެއްކޮށްލާށެވެ. ބޭނުންވާނަމަ އިތުރަށް ލޮނާއި މިރުސް އަޅާލެވިދާނެއެވެ.

5 – ތައްޔާރުކުރި ސެލެޑްކޮޅު ޓޯޓީލާ ރޮށިތަކުގެ މައްޗަށް ބަހާލުމަށްފަހު، ބުރީޓޯ އޮޅާލާ ގޮތަށް އޮޅާލާށެވެ. އެއަށްފަހު މެދުން ބުރިކޮށްލައިގެން ސާވްކުރާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top