ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
މާމުއި ލިނބޯ އެވަކާޑޯ ރައިސް ސްޓެކް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް: 20 މިނެޓު
⏱️ މެރިނޭޓްކުރުމަށް: 30 މިނެޓު
⏱️ ކެއްކުމަށް: 25 މިނެޓު
🍽️ މިންވަރު: މިއީ 3 ނުވަތަ 4 މީހުންނަށް ފުދޭނެ މިންވަރެކެވެ.

🛒 ބޭނުންވާ ތަކެތި:

ކުކުޅު ތައްޔާރުކުރުމަށް:

● 500 ގްރާމް ކުކުޅު (ކަށިނެތް، ހަންނެތް މޭމަތީ މަސް)
● 2 ސައިސަމުސާ މާމުއި
● 2 ސައިސަމުސާ ތާޒާ ލިނބޯ ހުތް
● 4 ލޮނުމެދު (ގާނާފައި)
● 1 ސައިސަމުސާ އޮލިވް އޮއިލް
● 1 ސައިސަމުސާ ޕެޕްރިކާ
● ½ ސައިސަމުސާ ދިރި ފުށް
● ½ ސައިސަމުސާ ލޮނު
● ¼ ސައިސަމުސާ އަސޭމިރުސް
● 1 ސައިސަމުސާ ލިނބޯ ތޮށި (ގާނާފައި)

އެވަކާޑޯ ފަށަލައަށް:

● 2 ދޮން އެވަކާޑޯ (ފޮތިކޮށްފައި)
● 1 ސައިސަމުސާ ތާޒާ ލިނބޯ ހުތް
● 1 ސައިސަމުސާ ކޮރިއަންޑާ ފަތް (ކޮށާފައި)
● ލޮނުކޮޅެއް
● އަސޭމިރުސް ކޮޅެއް

ބަތް ތައްޔާރުކުރުމަށް:

● 1 ½ ޖޯޑު ބާސްމަތީ ހަނޑޫ
● 3 ޖޯޑު ފެން ނުވަތަ ޗިކަން ބްރޮތް (ކުކުޅު ސޫޕް)
● 1 ސައިސަމުސާ ބަޓަރު
● 1 ސައިސަމުސާ ތާޒާ ލިނބޯ ހުތް
● 2 ސައިސަމުސާ ކޮރިއަންޑާ ފަތް (ކޮށާފައި)
● ½ ސައިސަމުސާ ލޮނު

ގާނިޝް ކުރުމަށް:

● ތާޒާ ކޮރިއަންޑާ ފަތް
● ލިނބޯ ފޮތި
● މާމުޔާއި ލިނބޯގެ ސޯސް
● މިރުސް ފުށް (ބޭނުންނަމަ)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – މެރިނޭޑް ތައްޔާރުކުރުން: ބޯތަށްޓެއްގައި މާމުއި، ލިނބޯ ހުތް، ލޮނުމެދު، އޮލިވް އޮއިލް، ޕެޕްރިކާ، ދިރި، ލޮނު، އަސޭމިރުސް އަދި ލިނބޯ ތޮށި އެއްކޮށްލާށެވެ.

މިވެސް ކިޔާލަން:  ކްލެސިކް ޑެވިލްޑް އެގްސް - މުނިއަވަސް ރަހަފަތް

2 – ކުކުޅު މެރިނޭޓްކުރުން: ކުކުޅު މަސްކޮޅުގައި މި ސޯސް ރަނގަޅަށް އުނގުޅުމަށްފަހު، މަދުވެގެން 30 މިނެޓު ނުވަތަ ރަހަ ރަނގަޅަށް ހިފުމަށްޓަކައި 1-2 ގަޑިއިރު ފިނިކުރަން ލާފައި ބަހައްޓާށެވެ.

3 – ބަތް ކެއްކުން: ހަނޑޫ ރަނގަޅަށް ދޮވުމަށްފަހު ފެން ނުވަތަ ކުކުޅު ސޫޕް، ބަޓަރު އަދި ލޮނާއެކު އުނދުުންމަތީގައި ކައްކާށެވެ. ބަތް ކެކުމުން 5 މިނެޓު ބެހެއްޓުމަށްފަހު، އޭގެ ތެރެއަށް ލިނބޯ ހުތާއި ކޮރިއަންޑާ ފަތް އަޅައި އެއްކޮށްލާށެވެ.

4 – ކުކުޅު ކެއްކުން: ތަވައެއްގައި ކުކުޅު މަސްކޮޅު ރަން މުށިކުލަ އަރަންދެން ކައްކާށެވެ. ކޮންމެ ފަރާތެއް ގާތްގަނޑަކަށް 5-7 މިނެޓު ވަންދެން ކެއްކުމުން ރަނގަޅަށް ރޯފިލާނެއެވެ.

5 – އެވަކާޑޯ ތައްޔާރުކުރުން: ފޮތިކޮށްފައިވާ އެވަކާޑޯގެ ތެރެއަށް ލިނބޯ ހުތް، ކޮރިއަންޑާ ފަތް، ލޮނު އަދި އަސޭމިރުސް އަޅައި މަޑުމަޑުން އެއްކޮށްލާށެވެ.

6 – ގްލޭޒް ސޯސް ތައްޔާރުކުރުން: ބާކީ ހުރި މެރިނޭޑް ކުޑަ ތަވައަކަށް އަޅައި، ރަނގަޅަށް ކައްކާލާށެވެ. ރޯ ކުކުޅުލީ މެރިނޭޑް ކެއްކުމެއްނެތި ބޭނުން ނުކުރާށެވެ.

7 – ލޭޔަރު ކުރުން: ތަށްޓެއްގެ މަތީގައި ވަށްކޮށް ހުންނަ މޯލްޑެއް (ސާކަލް ރިންގް) ބަހައްޓާށެވެ. ފުރަތަމަ ފަށަލައަކަށް ބަތް އެޅުމަށްފަހު މަޑުމަޑުން ފިއްތާލާށެވެ. އޭގެ މަތީގައި އެވަކާޑޯ ފޮތިތައް އަތުރާލާށެވެ.

8 – ކުކުޅު އެޅުން: ކެއްކި ކުކުޅު ކުދިކޮށް ކޮށާލުމަށްފަހު އެވަކާޑޯ ފަށަލައިގެ މަތީގައި އަތުރާލާށެވެ.

9 – ނިންމާލުން: މަތީގައި ކެއްކި މާމުއި-ލިނބޯ ސޯސް އަޅާށެވެ. ކޮރިއަންޑާ ފަތާއި، ލިނބޯ ފޮތި އަދި ބޭނުންނަމަ މިރުސް ފުށް ބޭނުންކޮށްގެން ގާނިޝް ކުރާށެވެ. އެއަށްފަހު ފަރުވާތެރިކަމާއެކު މޯލްޑް ނަގައި، ހޫނުކޮށް ހުއްޓާ ސާވް ކުރާށެވެ.

މިވެސް ކިޔާލަން:  ކުކުޅު ޓޮމާޓޯ ބަތް - މުނިއަވަސް ރަހަފަތް

ބައެއް އިރުޝާދު:

މިއީ ފެންނަ ފެނުމަށް ރީތި ކެއުމަކަށް ހެދުމަށްޓަކައި މޯލްޑެއް ބޭނުންކޮށްގެން ފަށަލަތައް ހަމައަށް ހުރުމަކީ މުހިންމު ކަމެކެވެ. އެވަކާޑޯ ހުންނަންވާނީ މާ ބޮޑަށް މަޑުނުވާ ވަރަށް ދޮންވެފައެވެ. ކުކުޅު ކޮށާނީ ކެއްކުމަށްފަހު ކުޑަކޮށް ހިހޫވުމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top