⏱️ ތައްޔާރުކުރުމަށް: 15 މިނެޓު
⏱️ ފިހުމަށް: 55–65 މިނެޓު
⏱️ ހިހޫކުރުމަށް: 20–30 މިނެޓު
🍽️ މިންވަރު: 8–10 ފޮތި
🛒 ބޭނުންވާ ތަކެތި:
ކޭކު ތައްޔާރުކުރުމަށް:
● 2 ޖޯޑު ފުށް (އޯލް-ޕާޕަސް ފްލާވަރ)
● 1 ޖޯޑު ހަކުރު
● 1 ދަަޅު (20 އައުންސް) މުގުރާފައި ހުރި އަލަނާސި (ދިޔައާއެކު)
● 2 ބޮޑު ބިސް
● ½ ޖޯޑު އަންސޯލްޓެޑް ބަޓަރު (ވިރުވާފައި)
● 1 ސައިސަމުސާ ވެނީލާ އެސެންސް
● 1 ސައިސަމުސާ ބޭކިން ސޮޑާ
● ½ ސައިސަމުސާ ލޮނު
އަލަނާސި ގްލޭޒް ތައްޔާރުކުރުމަށް:
● 1 ޖޯޑު އައިސިން ޝުގަރ
● 2 ސޫޕްސަމުސާ އަލަނާސި ދިޔަ
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – އަވަން ތައްޔާރުކުރުން: އަވަން 350 ޑިގްރީ ފަރަންހައިޓް (175 ޑިގްރީ ސެލްސިއަސް) އަށް ހޫނުކުރަން ޖައްސާށެވެ. 9×5 އިންޗީގެ ލޯފް ޕޭންއެއްގައި ބަޓަރު އުނގުޅުމަށްފަހު ކުޑަ ފުށްކޮޅެއް ބުރުއްސާލާށެވެ. ނުވަތަ ބޭކިން ޕޭޕަރު އަޅާށެވެ.
2 – ހިކި ތަކެތި އެއްކުރުން: ބޮޑު ތަށްޓެއްގައި ފުށް، ހަކުރު، ބޭކިން ސޯޑާ އަދި ލޮނު ރަނގަޅަށް އެއްކޮށްލާށެވެ.
3 – ދިޔާ ތަކެތި އެއްކުރުން: އެހެން ތަށްޓެއްގައި ބިސް، ވިރުވާފައި ހުރި ބަޓަރު، ވެނީލާ އެސެންސް އަދި މުގުރާފައި ހުރި އަލަނާސި (ދިޔައާއެކު) ރަނގަޅަށް ގަށާލާށެވެ.
4 – ބެޓަރު ތައްޔާރުކުރުން: ދިޔާ ތަކެތި، ކުރިން އެއްކުރި ހިކި ތަކެތީގެ ތެރެއަށް މަޑުމަޑުން އަޅަމުން އެއްކުރަމުން ދާށެވެ.
5 – ޓްރޭއަށް އެޅުން: ތައްޔާރުކުރި ބެޓަރު ލޯފް ޕޭންއަށް އަޅައި އެއްވަރުކޮށްލާށެވެ.
6 – ފިހުން: ހޫނުކުރި އަވަނުގައި 55 އާއި 65 މިނެޓާ ދެމެދު ފިހާށެވެ. ކޭކުގެ މެދަށް ދަތްކޮށްޓާ އިލޮށިކޮޅެއް ހަރާލުމުން، އޭގައި އެއްޗެއް ނުހޭކި ސާފުކޮށް ނެއްޓޭނަމަ އެހުރީ ފިހެވިފައެވެ.
7 – ހިހޫކުރުން: އަވަނުން ނެގުމަށްފަހު 10 ނުވަތަ 15 މިނެޓު ވަންދެން ޓްރޭގައި ބާއްވާށެވެ. އެއަށްފަހު ރެކެއްގެ މައްޗަށް ބަދަލުކޮށް އެއްކޮށް ހިހޫވަންދެން ބަހައްޓާށެވެ.
8 – ގްލޭޒް ތައްޔާރުކުރުން: ކުޑަ ތަށްޓެއްގައި އައިސިން ޝުގަރ އާއި އަލަނާސި ދިޔަ އެއްކޮށްލާށެވެ. ގްލޭޒް ތަންކޮޅެއް ދިޔާކޮށް ބޭނުންނަމަ އިތުރު އަލަނާސި ދިޔަފޮދެއް އެއްކުރެވިދާނެއެވެ.
9 – ގްލޭޒް އުނގުޅުން: ކޭކު އެއްކޮށް ހިހޫވުމުން، ތައްޔާރުކުރި ގްލޭޒް ކޭކުގެ މައްޗަށް އަޅާލާށެވެ. ކޭކު ކޮށުމުގެ ކުރިން ގްލޭޒްކޮޅު ހަރުވަންދެން މަޑުކޮށްލާށެވެ.
10 – ސާވްކުރުން: ފަލަ ފޮތިތަކަކަށް ކޮށާލުމަށްފަހު، މި މީރު އަލަނާސި ކޭކުގެ ރަހަ އިންސާފުކޮށްލާށެވެ!
އިރުޝާދެއް:
މުގުރާފައި ހުރި އަލަނާސި ބޭނުންކުރާއިރު އޭގެ ދިޔަ ނޫކާށެވެ. ކޭކު މަޑުކޮށް އަދި މީރު ރަހައެއް ގެނެސްދެނީ އެ ދިޔައިގެ ސަބަބުންނެވެ.
