ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޗައިނާގެ ޖައްވީ ސްޓޭޝަނަށް ދަތުރުކުރާ ފުރަތަމަ ބޭރު ޤައުމުގެ އެސްޓްރޮނޮޓަކަށް މުސްލިމަކު ހޮވިއްޖެ

ޗައިނާއިން ބިނާކޮށްފައިވާ “ތިއާންގޮންގް” ޖައްވީ ސްޓޭޝަނަށް ޒިޔާރަތްކުރާ ފުރަތަމަ ބޭރު ޤައުމުގެ އެސްޓްރޮނޮޓަކަށް، ޕާކިސްތާނުގެ މުސްލިމް އެސްޓްރޮނޮޓް ޒީޝާން ޢަލީ ހޮވި ތާރީޚީ ކާމިޔާބީއެއް ހޯދުމަށް ތައްޔާރުވެއްޖެއެވެ.

މި ދަތުރަކީ ޗައިނާގެ ޖައްވީ އިދާރާ އާއި ޕާކިސްތާނުގެ ސްޕޭސް އެންޑް އަޕަރ އެޓްމޮސްފިއަރ ރިސާޗް ކޮމިޝަން (ސުޕާކޯ) ގުޅިގެން ކުރިއަށްގެންދާ “ޝެންޒޫ-24” މިޝަންގެ ދަށުން ކުރަން ހަމަޖެހިފައިވާ ދަތުރެކެވެ. މި ތާރީޚީ ދަތުރު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ޗައިނާގެ ޖިއުގުއާން ސެޓެލައިޓް ލޯންޗް ސެންޓަރުންނެވެ.

މި މިޝަންގެ މައިގަނޑު ބޭނުމަކީ ޗައިނާ އާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި ޢިލްމީ ގުޅުން ބަދަހިކުރުމުގެ އިތުރުން، ޖައްވީ ދިރާސާތައް އައު ހަރުފަތަކަށް ގެންދިއުމެވެ. މީގެއިތުރުން ޖައްވުގައި ސައިންޓިފިކް އެކި ތަހުލީލުތައް ކުރުމާއި، ދެ ޤައުމުގެ ދެމެދުގައި ޓެކްނޮލޮޖީގެ ރޮނގުން މަޢުލޫމާތާއި ހުނަރު ބަދަލުކުރުމަކީ ވެސް މި ދަތުރުގެ މުހިންމު މަޤްޞަދެކެވެ.

ޒީޝާން ޢަލީ ޗައިނާގެ ޖައްވީ ސްޓޭޝަނަށް ދަތުރުކުރުމަށް މިހާރު ދަނީ ޚާއްޞަ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ. މި ދަތުރާއެކު އޭނާ ވެގެންދާނީ ޗައިނާގެ ޖައްވީ އުޅަނދެއްގައި ދަތުރުކުރާ ޕާކިސްތާނުގެ ފުރަތަމަ ރައްޔިތުގެ އިތުރުން، އެ ޤައުމުގެ ޖައްވީ ސްޓޭޝަނަށް ފިޔަވަޅު އަޅާ ފުރަތަމަ ބޭރު ޤައުމުގެ އެސްޓްރޮނޮޓަށެވެ.

މި ކާމިޔާބީއަކީ މުޅި އިސްލާމީ އުންމަތަށާއި ޕާކިސްތާނަށް ލިބުނު ފަޚުރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނައިރު، މިއީ ކުރިއަރަމުން އަންނަ ޤައުމުތަކަށް ޖައްވީ ދިރާސާތަކުގެ ދާއިރާއިން ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ވެސް މާހިރުން ފާހަގަކުރެއެވެ.

މިވެސް ކިޔާލަން:  ވަރަށް މަދުން ނޫނީ ނުފެންނަ އާދަޔާޚިލާފު ބިރުވެރި ފައިދިގުމަކުނެއް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top