ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މާމުއި” ގެ އާ ލަވަ – “ރޭ ރޭ”

ޑާކް ރެއިން އެންޓަޓައިންމަންޓުން ޝޫޓް ކުރަމުން އަންނަ ކޮމެޑީ ފިލްމު “މާމުއި” ގެ އާ ލަވައެއް އެހުންތެރިންނަށް ރިލީޒްކޮށްފި އެވެ.

 

ސައުންޑްކުލައުޑަށް ދޫކޮށްލާފައިވާ ލަވައަކީ “ރޭ ރޭ” އެވެ. މިއީ ކުރީގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ “ރޭރޭ މިހެން ޚިޔާލުކޮށްލަން އާދަވޭ” ލަވައިގެ އާ ވާޝެނެކެވެ. ލަވައިގެ މެލޮޑީ އަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްރައޫފުގެ މެލޮޑީއެކެވެ. މިފަހަރުގެ ލަވަ ކިޔާފައިވަނީ އަސްރާ އެވެ. ލަވައިގެ މިއުޒިކު ހަދާފައިވަނީ ފަތޯ އެވެ.

 

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްރައޫފު މެލޮޑީ ހަދާފައިވާ މި ލަވައިގެ ޅެން ވެސް ހަދާފައި ވަނީ އޭނާ އެވެ. ކުރީގެ ލަވަ ކިޔާފައި ވަނީ މަހުމޫދާ ޝަކީބެވެ.

“މާމުއި” އަކީ ބޮޑު ކާސްޓެއް ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމަކީވެސް އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން މިހާރު ވަނީ ގާތްގަނޑަށް ނިމުމަކަށް އައިސްފައެވެ.

 

“މާމުއި” ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އެޕްރީލް 1 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top