ދީނީ ސުވާލެއް އޮތީތަ؟
އަދަބިއްޔާތު
ކުކުޅުގެ ދުުލުން – ޅެމެއް

ކިހިނަކުން މިހެން ވަނީ ދެން އަބަދު މި ނަންވަނީ
ކިހިނަކުން މަށޭ ބުނީ ކާކުދެން މި ދޮގުހެދީ

 

ހީކުރިން މަވެސް ހުވާ މީ ތެދޭ ނަސީބެކޭ
ރީތި ފަތްތަކެއް ނެތަސް މޮޅު އެ ކުކުޅަކަށް ވުމީ

 

ބިސް އެޅީ މަށޭ އަޅޭ ފީކުރީ މަށޭ ތެދޭ
ގިސްލަމުން މަށޭ ފިޔޮއް ބޮޑުކުރަން އެހީ ވަނީ

 

ނަމަވިޔަސް މަށަށް މިތާ އިއްޒަތެއް ނުދޭ އެކަކު
ހަމަ ވެގެން އެހެން ހުވާ ޅެންބަހުން ކިޔައި ދެނީ

 

ގުއި ލިޔަސް މަ ގުއި ލަނީ ފެއްސިޔަސް މަ ފައްސަނީ
ގުއި މަގޭ ކަހައި ލަނީ ހާ ގުޔެއް ނުވެސް ލަނީ

 

ކަތިލިޔަސް މަ ކަތިލަނީ ކެއްކިޔަސް މަ ކައްކަނީ
ކައިލިޔަސް މަ ކައިލަނީ ދެން މިތާ މަ ނަންވަނީ

 

ހާ މިތާ ނުކަތިލައޭ ހާ އެކަކު ނުކައްކައޭ
ހާ މަހެއް ނުކައިމެޔޭ ދެރަކަމެއް މިހެން ވުމީ

 

ބާބިކިއު ހަދަން ވުމުން ހަންދެމީ މަގޭ ގައިން
ދާދިއެއްވަރަށް ކޮށާ ހަމަ މަށޭ މި ފިހެލަނީ

 

ކާކުހޭ އެ އަޑުއެހީ ހާލެކޭ ބުނާ އަޑެއް
ހާ ކުރާ ކަމެއް ވިޔަސް ކުކުޅެކޭ މި ނަންވަނީ

 

ހާ ކުރާ ކަމަށްވަނީ ރީތިކޮށް ގޮވައި ލުމޭ
ސާބަހޭ ކަލޭ މެނަށް ހާ ތިހާ މޮޅެއް ކުރީ

 

ހާދަހާ މަ ދެރަވެޔޭ ހާލަކީ މިއޭ މަގޭ
ހާލެކޭ ނުބުނެ މިއަދު ހާލު ބުނެދެވެން ނެތީ

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top