ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހަބޭސްގެ “ލެވިޓޭޝަން” ގެ ޝޯއެއް ފަސީ އާއެކު މާދަމާރޭ

މަޝްހޫރު ބޮޑުބެރު ބޭންޑް ހަބޭސްގެ “ލެވިޓޭޝަން” ގެ ވަރަށް ހާއްސަ ޝޯއެއް ފަސީ އާއެކު މާދަމާރޭ (ހުކުރު ދުވަހުގެ ރޭ) ބާއްވަން ތައްޔާރުވެއްޖެ އެވެ.

 

މިއުޒިޝަން އަހުމަދު ފަސީހު (ފަސީ) އާ އެކު މި ޝޯ އޮންނާނީ ހުކުރު ދުވަހުގެ ރޭ ސީ ހައުސް ރެސްޓޯރަންޓްގަ އެވެ.

 

ހަބޭސް އިން ބުނީ ހުކުރު ދުވަހުގެ ރޭ 8:00 ން 11:00 އަށް ކުރިއަށްގެންދާ ޝޯ ގައި ރާއްޖޭގެ ލިޖެންޑަރީ މިއުޒީޝަން ފަސީ ޕާފޯމް ކުރާނެ ކަމަށެވެ.

 

މި ޝޯގައި ލެވިޓޭޝަންގެ ލީޑް ލަވަކިޔުންތެރިޔާ ހަސަން ތޮލާގާއި މިހާރު ހަބޭސްގައި ހަރަކާތްތެރިވާ މޯލްޑިވިއަން އައިޑޮލް އިން ވިދައިލި ލަވަކިޔުންތެރިޔާ އިބްރާހީމް ވަހީދު (ބޮޑުބެ)ގެ ހުށަހެޅުންތަކެއް ފެނިގެން ދާނެ އެވެ.

 

މި ޝޯ ބަލައިލުމަށް ޢާއްމުކޮށް ވަނީ ފުރުޞަތު ހުޅުވައިލެވިފައެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top