މަޝްހޫރު ފިލްމީ ތަރި ނިިއުމާ މުހައްމަދު ރޯގާ ޖެހި އަޑު ދިޔަ ގޮތަށް އަޑު ނައިސްގެން އުޅޭތާ އެތައް މަހެއް ވެފައިވާއިރު، ނިއުމާގެ އަޑަށް ބެންކޮކުން ފަރުވާހޯދަން ފަށައިފި އެވެ.
ބަތަލާ ނިއުމާ މުހައްމަދުގެ އަޑުގޮސްގެން އުޅޭތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެ، އެކަން ރަނގަޅު ނުވެގެން އަވަށްޓެރި ސްރީލަންކާ އިން ވެސް ފަރުވާ ހޯދުމަށް ފަހު، ނިއުމާ ބެންކޮކޮށް ފުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
ނިއުމާ ބުނި ގޮތުގައި އޭނާގެ އަޑު ވަރަށް ބޮޑަށް ހަލާކުވެ، އަޑު ނުކުންނަނީ ވެސް ކިރިޔަކިރިޔާ އެވެ. މިދިޔަ މަހުގެ 15 ގައި ސިނަމާ އަށް ގެންނަން ނިންމި އޭނާގެ ވަދާއީ ފިލްމު ”ނިވައިރޯޅި“ އަންނަ އަހަރަށް ފަސްކުރީ ވެސް ނިއުމާގެ އަޑު ގޮސްގެން ފިލްމު ޑަބް ވެސް ނުކުރެވިގެންނެވެ.
ނިއުމާގެ ”ވޮއިސް ބޮކްސް“އަށް މައްސަލަ ތަކެއް ދިމާވެ، އަޑު ހަލާކުވުމުން އިތުރު ފަރުވާ ހޯދަން ރާއްޖޭން ބޭރަށް ދާނެ ކަމަށް އައިސް ޓީވީން ދެއްކި ”ވަރަށް ވާހަކަ“ ޕްރޮގްރާމްގައި ނިއުމާގެ އެންމެ ފަހު ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު އަދި ނިއުމާގެ އެންމެ ގާތް އެކުވެރިޔާ ޒީނަތު ވަނީ ބުނެފައެވެ.
މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމު މިހާރު އަޅުވަން ނިންމާފައިވަނީ މި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. އެނގިފައިވާ ގޮތުގައި ފަރުވާ އަށް ފަުހު، ނިއުމާ އެނބުރި މާލެ އަންނާނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!



