ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް “ހުވާ” ގެ ޓްރެއިލާ ދައްކާލައިފިއެވެ. ފާތުމަތު ނަހުލާ އުފައްދާ މި ވެބް ސީރީޒްގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލާފައި ވަނީ އެ ސީރީޒް ސްޓްރީމް ކުރުމަށް ހަމަޖެހިފައިވާ މޮބައިލް އެޕްލިކޭޝަން “ބައިސްކޯފް” ލޯންޗް ކުރުމަށް ހޯމަ ދުވަހުގެ ރޭ ދަރުބާރު ގޭގައި ބޭއްވި ހަފުލާއެއްގައެވެ.
ބައިސްކޯފް އެޕުން މި ވެބް ސީރީޒް ސްޓްރީމް ކުރަން ފަށާނީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ.
ނަހުލާ ބުނި ގޮތުގައި “ހުވާ” އަކީ ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ވެބް ސީރީޒްތަކެއް ހަދަން ވިސްނަމުން ދަނިކޮށް، އޭނާ އަށް ފަހިވެގެން ދިޔަ ފުރުސަތެއް ކަމަށާއި ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް ހެދުމުގެ ޝަރަފު ތަނަވަސް ކޮށްދިން “ބައިސްކޯފް” ސީއީއޯ މިރުސާދު ނާސިރު (މިރޫ) އަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ޚިޔާލު
