ދީނީ ސުވާލެއް އޮތީތަ؟
ޙަޤީޤީ
ނޫރާ – ސަޢުދީ ޢަރަބިއްޔާގެ އެންމެ ފުރަތަމަ މަހާރެހެންދި

ނޫރާ އަކީ ހިޖާޒުކަރައާއި ނަޖުދުކަރައިގެ ސަހަރުތަކާއި އަވަށްތައް ފަތަޙަކުރައްވަމުންގޮސް ސަޢުދީ ޢަރަބިއްޔާ ދައުލަތެއްގެ ގޮތުގައި އެކުލަވާލެއްވި މުއައްސިސް ކިންގް ޢަބްދުލް ޢަޒީޒުގެ އެއްބަނޑު އެއްބަފާ އުޚުތެކެވެ. ތިރީގައި މި ގެނެސްދެނީ ނޫރާގެ ބައެއް މަޢުލޫމާތެވެ.

 

ފުރިހަމަ ނަން: نورة بنت عبد الرحمن بن فيصل آل سعود
އުފަންވެ ވަޑައިގަތީ: 1875މ.
އަވަހާރަވެ ވަޑައިގަތީ:1950މ.
ފިރިކަލުން: سعود الكبير بن عبد العزيز بن سعود آل سعود‎

 

ޚާއްސަ ސިފަތައް:
– ޢިލްމުވެރިކަން
– ތޫނުފިލިކަން
– ހިތްވަރުގަދަކަން
– ތަޤްވާވެރިކަން
– އޯގާތެރިކަން
– ޖާޒުބިއްޔަތު (ކަރިޒްމާ) ވަރުގަދަ ބޭކަނބަލަކަށްވުން

 

މަސްއޫލިއްޔަތުތައް:
– ޤައުމަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންގެ އަނބިއަނބި ކަނބަލުންނަށް މެހެމާންދާރީ އަދާކުރެއްވުން
– ރަސްގެފާނުގެ ޕާސަނަލް ސެކްރެޓަރީ ގެ މަސްއޫލިއްޔަތުތައް
– ގަނޑުވަރުތެރޭގެ އެންމެހާ ކަންކަން ވިލަރެސް ކުރެއްވުން
– ޢާއްމުންގެ ޙާލަތު ބެއްލެވުން
– ޝާހީ އާއިލާގެ ތުއްޕުޅު އަމީރުންނާއި އަމީރާއިން ތަރުބިއްޔަތުކުރުން

 

ކިންގް ޢަބްދުލް ޢަޒީޒަށް ހިތްވަރު ދެއްވަމުން ނޫރާ ވިދާޅުވެފައިވެއެވެ.
“لا تندب حظك، إن خابت الأولى والثانية فسوف تظفر في الثالثة، ابحث عن أسباب فشلــك، فالرجال لم يخلقوا للراحـــة”

“ތިބާގެ ނަސީބާއިމެދު ދެރަވެ ހިތާމަ ނުކުރާށެވެ. ފުރަތަމަ ފަހަރު ނާކާމިޔާބު ވެދާނެއެވެ. އަދި ދެވަނަ ފަހަރުވެސް ނާކާމިޔާބު ވެދާނެއެވެ. އެކަމަކު، ތިންވަނަ ފަހަރު ތިބާ ކާމިޔާބުވާނެއެވެ. (ނާކާމިޔާބުވާ ކޮންމެ ފަހަރަކު) ނާކާމިޔާބުވި ސަބަބުތަކާއިމެދު ވިސްނާށެވެ. (އަދި ދަންނާށެވެ.) ފިރިހެނުން ހެއްދެވިފައިވަނީ އަރާމުކުރުމަކަށްނޫނެވެ.”

 

އަމީރާ ނޫރާގެ އަރިހަށް ޒިޔާރަތް ނުކުރައްވާ ދުވަހެއް އެ މަނިކުފާނުގެ ޙަޔާތްޕުޅުން ފާއިތުވެނުގޮސްވޭތޯ ކިންގް ޢަބްދުލް ޢަޒީޒް ވަރަށް ބޮޑަށް ބެއްލެވިއެވެ.
ސަޢުދީ އަރަބިއްޔާއަށް ޓެލެފޯންގެ ޚިދުމަތް ތަޢާރަފުކުރެވުމާއެކު، އެންމެ ފުރަތަމަ ފޯނު ބެހެއްޓުނީ ރަސްގެފާނުގެ ގަނޑުވަރުކޮޅުގަޔާއި، ނޫރާގެ ގަނޑުވަރުކޮޅުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top