ހިތްގައިމު ލަވަތަކެއް ގެނެސްދެމުން އަންނަ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތު އަނެއްކާވެސް އޭނާގެ އައު ލަވައެއްގެ ވީޑިއޯއެއް ގެނެސްދޭން ތައްޔާރުވާން ފަށައިފިއެވެ. މިފަހަރު ރިއްފަތު ގެނެސްދޭ ލަވައަކީ “އިޝާރާތެއް”ގެ ނަމުގައި ގެނެސްްދޭ ލަވައެކެވެ.
“އިޝާރާތެއް” ލަވައިގެ ވީޑިއޯގައި ފެނިގެންދާނީ ހުނަރުވެރި އެކްޓަރު އަޙްމަދު އީސާ (އާނަންދު) އާއި ‘ޖާދޫގައި ޖެހިއްޖޭ’ އިން ފެނިގެންް ދިޔަ ހިތްގައިމު އެކްޓްރެސް ނޫރާ އެވެ. ރިއްފަތު ކިޔައި ޕްރޮޑިއުސްކޮށް ގެނެސްދޭ މި ލަވަ ކެމެރާކޮށް، ޑައިރެކްޓްކޮށް އަދި އެޑިޓިން ހަދާނީ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
“އިޝާރާތެއް” ލަވައިގެ ޅެންވެރިއަކީ އަޙްމަދު އިސްމާޢީލް އެވެ. މިއުޒިކް ހަދާފައިވަނީ މުޙައްމަދު އަޙްމަދު (ކޮއްކޮ) ކަމަށް މި ލަވައިގެ މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން ޢަލީ ރަޝީދު ފާހަގަކުރިއެވެ.
މި ލަވައިގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ޢަލީ ރަޝީދު ބުންޏެވެ.
މިހާރު ބައިސްކޯފުން ގެެނެސްދެމުން އަންނަ ޔޫއްޕެ ޕްރޮޑަކްޝަންގެ “ހުވާކޮށްފާ ބުނަން” ވެބް ސީރީޒްގައި މުހިންމު ރޯލަކުން އާނަންދު ފެނިގެންްދެއެވެ. ހަމަ އެހެންމެ މީޑިއާ ނެޓް މަލްޓި ސްކްރީން އެޕުން ގެނެސްދެމުން އަންނަ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވެބް ސީރީޒް “ރޫމީ އާ ޖަންނަތު”ގައި ނޫރާ ފެނިގެންދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!